ނާގޮށި ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސޮއިކުރަނީ | ފޮޓޯ: އެމްޓީޑީސީ

3 އަހަރު ދުވަސް ތެރޭގައި ނާގޮށި ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަން އެމްޓީޑީސީ އަށް

3 އަހަރު ދުވަސް ތެރޭގައި ހދ. ނާގޮށި ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަން އަނެއްކާވެސް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް، އެރަށް ހަވާލު ކޮށްފިއެވެ.

މީގެ ކުރިންވެސް ނާގޯށި އޮތީ އެމްޓީޑީސީގެ ދަށުގަ އެވެ. އެގޮތުން އެމްޓީޑީސީ އަށް ނާގޮށި ރިސޯޓެއްގެ ގޮތުގައ ތަރައްޤީ ކުރުމަށް ދީފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން ރައީސް ޔާމީންގެ ސަރުކާރުގައި ވަނީ އެ އެއްބަސްވުން ބާތިލު ކޮށްފައެވެ. ނަމަވެސް އެނެއްކާވެސް ރައީސް ޔާމީންގެ ވެރިކަމަގައި 2017 ވަނަ އަހަރު ވަނީ އެމްޓީޑީސީ އަށް އެރަށް ރިސޯޓެއް ތަރައްޤީ ކުރުމަށް ދީފައެވެ.

އަނެއްކާވެސް އެ އެއްބަސްވުން ބާތިލު ކުރުމަށްފަހު އިއްޔެ ވަނީ އެޓާނީ ޖެނަރަލްގެ ލަފަޔާއިއެކު އާ އެއްބަސް ވުމެއްގައި އެމްޓީޑީސީ އާއި އެކު ސޮއި ކޮށްފައެވެ.

މިފަހަރު އެމްޓީޑީސީ އާއިއެކު ހެދި އެއްބަސްވުމުގައި ވަނީ އެންމެ ގިނަވެގެން ތިން އަހަރު ދުވަހުގެ ތެރޭގައި އެ ރަށް ތަރައްގީކޮށް ނިންމައި އޮޕަރޭޝަނަށް ގެންނަން ޖެހޭ ކަމަށް ބުނެފައެވެ.

އެމްޓީޑީސީ އަށް ނާގޮށި ރިސޯޓު ހިންގަން ދީފައިވަނީ 50 އަހަރުގެ މުއްދަތަށެވެ.

ހދ އަތޮޅަކީ އެންމެ ރިސޯޓެއް އޮތް މާލެއިން އުތުރުގައި އެންމެ އާބާދީ ބޮޑު އަތޮޅެވެ. އަތޮޅުގައި ހުޅުވި ހަމައެކަނި ރިސޯޓު ހޮނޑާފުށި އައިލެންޑު ރިސޯޓު ހުޅުވާފައިވަނީ 2018 ވަނަ އަހަރުގެ މާޗު މަހުގެ 18 ވަނަ ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ