ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއު ފަށައިގެން މަސައްކަތް ބާރަށް ކުރިއަށްއެބަދެއެވެ.
އެމްޓީސީސީން ބުނީ، ސ.ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި، މިހާރު ކުރިއަށްދަނީ 8.5 އެމްއެސްއެލް ފުނަށް، އައު ހާބަރ ބޭސިން އާއި ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތް ކަމަށެވެ.
މި މަސައްކަތުގައި "ޖައްރާފާ 3" ދެ ޝިފްޓަކަށް ބަހާލައިގެން 24 ގަޑިއިރު އޮޕަރޭޓް ކުރަމުން އަންނަކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
މި މަޝްރޫއުގެ ދަށުން 471,380 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 1788 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 97 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. މި މަޝްރޫއުއަކީ 68.80 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފައިވަނީ އޭޕްރީލް މަހުގެ 3 ވަނަ ދުވަހުއެވެ.



