މާލޭ ޖަލު - ފޮޓޯ: ފެށުން

ގައިދީ ދޫވުމުން އެޅި ފިޔަވަޅު ރިވިއުކުރަން އަންގައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާފު ނުދެއްވާ ގައިދީއަކު ޖަލުން ދޫވި މައްސަލައިގައި އަޅަން ނިންމި ފިޔަވަޅު ރިވިއު ކުރުމަށް ކޮމިޝަނާ އޮފް ޕްރިޒްންސް އަބްދުﷲ މުނާޒު އަންގަވައިފިއެވެ.

ކޮމިޝަނާ އޮފް ޕްރިޒްންސް އަބްދުﷲ މުނާޒު އަންގަވާފައިވަނީ، ކަރެކްޝަނަލް ސާވިސްގެ އޮފެންޑާ މެނޭޖްމަންޓް ޑިޕާޓްމަންޓުގެ އިސްވެރިޔާ މުހައްމަދު ތޮލާލާއި ޗިޓު ތައްޔާރުކުރި އޮފިސަރުގެ މަގާމު ދަށްކުރަން ދިން ލަފާ އަލުން މުރާޖައާ ކުރުމަށެވެ.

ޖަލުން ދޫވެފައިވަނީ، ރައީސަށް މާފު ނުދެއްވޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައެއްގައި 25 އަހަރަށް ޖަލަށް ލާފައިވާ މީހެކެވެ.

ކަރެކްޝަނަލް ސާވިސަސްގެ ޑިސިޕްލިނަރީ ބޯޑުން މި މައްސަލަ ބެލުމަށް ފަހު އެންގީ ގައިދީ ދޫވުމުގައި ޒިންމާ އުފުލަންޖެހޭ ދެ މީހެއްގެ މަގާމު ދަށްކުރުމަށެވެ. އެ ނިންމުން އަލުން ބަލައިދޭން މުނާޒު އެދިވަޑައިގެންނެވި ސަބަބެއް ސާފެއް ނޫނެވެ.

ކުށްވެރިޔާ ދޫވުމުގެ ފުރުޞަތު އޮންނާނީ ޑިޕާޓްމެންޓުގެ އިސް ވެރިޔާ މުހައްމަދު ތޮލާލާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ޗިޓުގައި ސޮއި ކުރެއްވުމުން ނަމަވެސް ކަރެކްޝަންސުން އެކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅު ނުވާތީވެ އެކަން ވަނީ އިތުރަށް ސާފުވާގޮތް ނުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް