ހިޔާގައި ކުޑަކުދިން ނުބެލެހެއްޓޭ މައްސަލަ މަޖިލީހަށް

ދައުލަތުގެ ބެލުމުގައި ދަށުގައި ހުންނަ ކުޑަކުދިން ބަލަހެއްޓާ ހިޔާ ގައި އެކުދިން ރަނގަޅަށް ނުބެލެހެއްޓޭ މައްސަލަ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަަހެޅުއްވީ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރެވެ. ހަސަން ހުށަހަޅައިފައިވާ މައްސަލައިގައި ބުނެފައިވަނީ، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މީގެ ކުރިން އަލިފާނުގެ ހާދިސާތައް ހިނގާފައިވާއިރު އެތަނުގައި ކުޑަކުދިން ރަނގަޅަށް ނުބެލެހެއްޓި، ފިލައިގެންދާ ކަމުގެ ޝަކުވާތައް ލިބެމުންދާކަމަށެވެ.

އޭގެ އިތުރުން އެ މައްސަލައިގައި ބުނެފައިވަނީ ރޭގެ ވަގުތެއްގައި  ހުޅުމާލޭގައި ކުޑަކުދިން ބަލަަހައްޓަން ހަދާފައި ހުންނަ ފިޔަވަތީގައީ ކުޑަކުދިންތަކެއް ރޯ އަޑުއިވިގެން އެތަނަށް ރައްޔިތުން އެއްވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާތީވެ ކުޑަކުދިންގެ ހިޔާގައި ހިނގާ މިކަންކަމުގެ ހަޤީގަތް ބަލައިދިނުމަށް  ކޮމިޓީތަކުގައި ހަސަން ޒަރީރު ވަނީ އެދިފައެވެ.

މިއަދުގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެ މައްސަލަ ބަލަން މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީއަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

ރޭ ދަންވަރު ފިޔަވަތީގެ އެތެރެއިން ކުޑަކުދިންތަކެއް ރޯ އަޑު އިވޭތީވެ އާއްމުންވެސް ވަނީ އެހިސާބަށް އެއްވެފައެވެ. އަދި އާއްމުން އެއްވެސް ފިޔަވަތީގެ ފާރުމައްޗަށް އަރާ އެތެރެވެސް ވަނީ ބަލައިފައެވެ.

މި މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފައި ވަނީ، މި މައްސަލަ ކޮމިޝަންގެ ސަމާލުކަމަށް އައުމުން، އެކަން ބަލަމުން ދާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ