ޝިކާރަގެ ޕޯސްޓަރު--

އާޝާގެ "ޝިކާރަ" ވީޑިއޯ ލަވައިގެ ޓީޒާ ދައްކާލައިފި!

ދިވެހި ފިލްމީ ދާއިރާގައި މިހާރު ފިޔަޖަހަމުން އަންނަ ޒުވާން އެކްޓްރެސް އާމިނަތު ރަޝްފާ (އާޝާ)ގެ މުޅީން އާ ލަވަ، "ޝިކާރަ"ގެ ކުޑަ ޓީޒާ ކޮޅެއް ދައްކާލައިފިއެވެ. މި ޓީޒާ އާއެކު ލަވަ ނެރޭ ތާރީހްވެސް ވަނީ ހާމަކޮށްފައެވެ.

އާޝާ ޕްރޮޑިއުސްކޮށް ނެރޭ މި ލަވަ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އާޝާގެ އުފަން ދުވަހާއި ދިމާކޮށް ސެޕްޓެމްބަރު 16 ވަނަ ދުވަހުއެވެ. އާޝާ މީގެ ކުރިން އަމިއްލަ އަށް ޕްރޮޑިއުސްކޮށް ނެރުނު ކާމިޔާބު ލަވަ "ގުނަމުން މިދާ" ލަވަ ވެސް ނެރެފައިވަނީ މިދިޔަ އަހަރުގެ ހަމަ އެ ދުވަހުއެވެ.

އަމިއްލަ ރާގުގެ މި ލަވަ ކިޔާފައި ވަނީ ޝަލަބީ އާއި އަޝްފާ އެވެ.

"ޝިކާރަ" ގެ ޕޯސްޓަރު ދައްކާލި ހިސާބުން ފެށިގެން އާޝާގެ ފޭނުން އައީ މި ލަވަ ނެރޭނެ ދުވަހަކަށް އިންތިޒާރުކުރަމުންނެވެ. އެގޮތުން މި ޕޯސްޓަރުގައި އާޝާއާއެކު ފެނިގެންދާ ފިރިހެން އެކްޓަރު ފުރަގަހަށް ހުއްޓިގެން ހުރުމުން އެއީ ކާކުތޯ ބަލައިލަންވެސް ފޭނުން ތިބީ ބޭނުންވެފައެވެ. މި ލަވައިގެ ކުޑަ ޓީޒާއިން ލަވައިގެ މާ ބޮޑު މަންޒަރެއް ނުފެނެއެވެ. ޕޯސްޓަރުގެ ފެންނަ މަންޒަރުގެ ކުޑަ ކްލިޕަކާއެކު، އިވިގެންދަނީ ޝަލަބީގެ އަޑު އެކަންޏެވެ.

މި ލަވައަކީ ފެޝަން ޑިޒައިނާ އަދި މޭކަޕް އާޓިސްޓް ސޭންޑީ ޑައިރެކްޓް ކުރާ ފުރަތަމަ މަސައްކަތެވެ.

މިލިޔުން ކިޔާލުމުން
121
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ