އާޝާގެ "ޝިކާރަ"، ވަރަށް ޝައުގުވެރި!

ދިވެހި ފިލްމީ ދާއިރާގައި މިހާރު ފިޔަޖަހަމުން އަންނަ ޒުވާން އެކްޓްރެސް އާމިނަތު ރަޝްފާ (އާޝާ)ގެ މުޅީން އާ ލަވަ، "ޝިކާރަ"ގެ މިއުޒިކް ވީޑިއޯ ލަވަ ނެރެފިއެވެ.

އާޝާ ޕްރޮޑިއުސްކޮށް ނެރުނު މި ލަވަ ރިލީޒްކޮށްފައި މިވަނީ އޭނަގެ އުފަންދުވަހާއި ދިމާކޮށް މިއަދުއެވެ.

ކުޅަދާނަ ލަވަކިޔުންތެރިޔާ ޝަލަބީ އާއި އަޝްފާގެ އަޑުން ކިޔައިފައިވާ މި ލަވަ އަޑު އަހާލަން ވަރަށް ހިތްގައިމެވެ. އަދި މި ލަވަ އިތުރަށް ފުރިހަމަ ވެގެންދިޔައީ މި ލަވައިގެ ވީޑިއޯ އިންނެވެ.

މި ލަވައިގެ ވީޑިއޯއިން އާޝާއާއެކު ފެނިގެންދިޔަ ފިރިހެން އެކްޓަރަކީ އީސައެވެ. މި ލަވައިގެ ޕޯސްޓަރު ދައްކާލި ހިސާބުން ފެށިގެން، ޕޯސްޓަރުގައި އާޝާއާއެކު ފެނިގެންދާ ފިރިހެން އެކްޓަރަކީ ކާކުތީ ބަލައިލަން ފޭނުން ވަރަށް އިންތިޒާރުކުރިއެވެ. އީސަގެ އިތުރުން މި ލަވައިގައި ހާއްސަ ފެނިލުމަކުން އެކްޓްރެސް ހުނޫވެސް ފެނިގެންދިޔައެވެ.

"ޝިކާރަ" ވީޑިއޯ ލަވަ ވާހަކައެއްގެ ސިފައިގައި ގެނެސްދިން އިރު، ލަވައިގެ ވީޑިއޯ ނިންމާލީ ޓްވިސްޓަކާއެކުއެވެ. މި ލަވައިގެ ދެވަނަ ބައެއްވެސް އަންނާނެކަމަށް ހާމަކޮށްފައިވެއެވެ.

މި ލަވައަކީ ފެޝަން ޑިޒައިނާ އަދި މޭކަޕް އާޓިސްޓް ސޭންޑީގެ ފުރަތަމަ ޑައިރެކްޝަނެވެ.

މިލިޔުން ކިޔާލުމުން
24111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ