އުމުރުން ދުވަސްވީ މީހުންނާއި، އެކަނިވެރި މައިންގެ އެލަވަންސް ބޮޑުތަނުން ބޮޑުކުރަން މަޖިލިހަށް ހުށަހަޅައިފިއެވެ.
މަޖިލީހަށް ހުށަހަޅާފައިވަނީ، އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ 5000ރ ގެ އިނާޔަތް 10000ރ. އަށް ބޮޑު ކުރުމަށާއި، އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށާއި އެހީތެރިކަމެއް ނެތި، ކުދިން ބަލަހައްޓައިދޭ މީހުންނަށް މިހާރު ދެމުންއަންނަ 2000ރ ގެ އިނާޔަތް 7500ރ. އަށް ބޮޑުކުރުމަށެވެ.
ދުވަސްވީ މީހުންނަށް މިހާރު ދެމުން އަންނަ 5000 ރުފިޔާގެ އެލަވަންސް އިތުރު ކުރެވޭތޯ ދިރާސާ ކުރަމުން އަންނަ ކަމަށް ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރައީސް ޞާލިހް ވިދާޅުވެފައި ވަނިކޮށް، މި ހުށަހެޅުން މަޖިލީހަށް ހުށަހެޅީ އަމިއްލަގޮތުން މަޖިލީހަށް ހޮވިވަޑައިގެންނެވި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް ސަރުކާރުން ދޭ އެހީގެ މިންވަރު ބޮޑުކުރަން ހުށަހެޅީ އާއިލާތައް ރޫޅި ކުދިންނާއި މައިންނަށް ލިބެމުން އަންނަ ދަތި އުނދަގޫ ކަންކަމުން އަރައިގަނެވި ދުޅަހެޔޮ ޖީލެއް ބިނާ ކުރުމުގެ ބޭނުމުގައި ކަމަށް ވެސް ޖާބިރު ހުށަހެޅުއްވި މައްސަލައިގައިވެ އެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގެ ދެއްވަން ފެއްޓެވި މި އެލަވަންސްތައް ޔާމީންގެ ވެރިކަމުގައި ވަނީ ބޮޑުކޮށްފައެވެ. އަދި މި އެލަވަންސްތައް ބޮޑުކުރުމަށް ރިޔާސީ އިންތިޚާބުގައި ގިނަ ސިޔާސީ ބޭފުޅުން ވަކާލާތުވެސް ކުރެއްވިއެވެ.
މި އެލަވަންސް ތަކަކީ ގިނަ އާއިލާތަކެއްގެ ނިކަމެތި ދިރިއުޅުމުގެ ހާލަތު ބޮޑުތަނުން ރަނގަޅު ކޮށްދިން، ދިވެހިން އެހާމެ ބަލައިގެންފައިވާ އެލަވަންސް ތަކެއްކަން ފާހަގަކޮށ




