އެވިޑް ކޮލެޖުން އޭއޭއޭ އާއެކު ވީ އެއްބަސްވުން އުވާލައިފި

އޭޝިއަން އެކަޑަމީ އޮފް އެއިރޯނޯޓިކްސް (އޭއޭއޭ) އިން އައްޑޫގައި ހިންގާ ފްލައިން ސްކޫލްގެ ހުރިހާ އެސެޓެ ގަނެ، އެ ސްކޫލް ފަހުން ހިންގަން ހަވާލުވި އެވިޑް ކޮލެޖުން އެއްބަސްވުން އުވާލައިފިއެވެ.

އައްޑޫ ސިޓީގައި ހިންގާ ފްލައިން ސްކޫލް، އޭއޭއޭގެ މައްސަލައަށް އެދެވޭ ހައްލެއް ނުލިބި އެތާގައި ކިޔަވާ ދަރިވަރުންގެ ކިޔެވުން ދިގުލައިގެން ދިއުމާއެކު، އެވިޑް ކޮލެޖުން ވަނީ އޭއޭއޭ އަތުން ސްކޫލްގަނެ ހިންގުމާއި ހަވާލުވުމަށް އެއްބަސްވެފައެވެ. އެވިޑް ކޮލެޖާއި އޭއެއޭއާއި ދެމެދު މި އެއްބަސްވުން ވެފައިވަނީ މިއަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ.

ނަމަވެސް މި އެއްބަސްވުން އުވާލިކަން މިއަދު ހާމަކުރެއްވީ އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދު އެވެ. ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ މުސްތާގު  ވިދާޅުވީ، އޭއޭއޭ އާއި އެވިޑް ކޮލެޖާއި ދެމެދުގައި ވެވުނު އެއްބަސްވުން މިއަދުން ފެށިގެން ބާތިލްކޮށްފައިވާ ކަމަށެވެ.

މުސްތަގާ ވިދާޅުވީ، ފްލައިން ސްކޫލްގެ ދަރިވަރުންނަށް ރަނގަޅު ގޮތެއް ހޯދައިދޭން އެކޮލެޖުން މަސައްކަތް ކުރިކަމަށާއި، އަދި އެކަމަށް ޕްލޭނެއްވެސް ހެދިކަމަށެވެ. ނަމަވެސް އެއްބަސްވުން އުވާލަންޖެހުނީ، އެކަމަށް ޕްލޭންކޮށް، އެކަމާ ގުޅުންހުރި ފަރާތްތަކަށް ހިއްސާ ކުރުމުންވެސް އެ ފަރާތްތަކުގެ އެއްބާރުލުން ނުލިބި ދުވަސްތައް ދިގުލައިގެން ދިއުމުން ކަމަށެވެ.

"އަޅުގަނޑުމެން ޕްލޭނެއް ވެސް ހެދިން. ކަމާ ގުޅުންހުރި ފަރާތްތަކަށް ހިއްސާ ވެސް ކުރިން. ނަމަވެސް ޕްލޭނާ އެއްގޮތަށް ކަންތައްތައް ކުރިއަށް ގެންދެވޭނެ އެއްވެސް މަގެއް ނުފެނި ދެ މަހާއި ބައި ވެގެން މި ދިޔައީ،" މުސްތާގު ވިދާޅުވި އެވެ.

މުސްތަގާ ވިދާޅުވީ، ދެ މަސްދުވަސް ވެ ފާއިތުވެގެން ދިޔައިރުވެސް، އެއްވެސް މުއައްސަސާއެއްގެ ފަރާތުން އެކަމަށް އެއްބާރުލުން ނުދިނުމުން، ން އެވިޑް ކޮލެޖަށް އިތުރަށް ކުރިއަށް ނުދޭވެނެކަމަށް ޤަބޫލްކުރެވޭތީ އެއްބަސްވުން އުވާލީކަމަށެވެ.

ފްލައިން ސުކޫލުގެ ކިޔެވުން ނުފެށި ގިނަ ދުވަސްތަކެއް ވޭތުވެގެން ދިއުމުގެ ސަބަބުން 4.7 މިލިއަން ރުފިޔާގެ ގެއްލުމެއް އެވިޑަށް ލިބުނު ކަމަށް ވެސް މުސްތާޤު ވިދާޅުވިއެެވެ. މުސްތާގު ވިދާޅުވީ މިހާތަނަށް ހަތަރުމިލިއަން ރުފިޔާއަށްވުރެ ގިނައިން ހަރަދުވެފައިވާނެކަމަށާއި ނަމަވެސް އެފައިސާ އަނބުރާ އިއާދަނުވާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ