އެވިޑް ކޮލެޖްގެ އާ ކެމްޕަސްއެއް ގދ. ތިނަދޫގައި ރޭ ރަސްމީކޮށް ހުޅުވައިފި އެވެ.
އެވިޑް ކޮލެޖްގެ ތިނަދޫ ކެމްޕަސް ހުޅުވާފައިވަނީ އެވިޑް ކޮލެޖްގެ 16 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ތިނަދޫ ފުޓުބޯޅަ ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ތިނަދޫގައި ބޭއްވި މި ރަސްމިއްޔާތުގައި ތިނަދޫ ކެމްޕަސް ހުޅުވައި ދެއްވީ އެވިޑްގެ ޗެއަރމަން އަބްދުﷲ މުޝްތާގްއެވެ. އަދި މި ރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ އިސްވެރިންނާއި ތިނަދޫގައި އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކުރިން ތިނަދޫގައި އެވިޑް ކޮލެޖުން ކޯސްތައް ހިންގަމުން އައީ އިމާރާތްތައް ކުއްޔަށް ހިފައިގެންނެވެ.