އައްޑޫގައި ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

މިދިޔަ ހުކުރު ދުވަހު އައްޑޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

މި މާރާމާރީ ހިނގައިފައިވަނީ މިދިޔަ ހުކުރު ދުވަހު 12:08 ހާއިރު އައްޑޫ ސިޓީ ފްލެޓް ސަރަހައްދުގައެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 31 އަހަރުގެ ދިވެހި ފިރިހެނެއް ރޭގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.

މި މާރާމާރީގައި އަނިޔާވެފައިވަނި 29 އަހަރުގެ ފިރިހެނަކަށެވެ. ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އޭނާއަށް ވަނީ ވަރަށް ސީރިއަސް ޒަހަމްތަކެއް ވެފައެވެ. އަދި ހޮސްޕިޓަލުގައި ވަނީ ފަރުވާވެސް ދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ