އިންޑިއާއަށް ސިފައިންގެ ޓްރޭނިންއަށް ގޮސް އުޅެނިކޮށް މަރުވި މުހައްމަދު ސުލްތާން އިބްރާހިމް

އިންޑިއާގައި ތަމްރީން ހަދަމުން ދިޔަ ސިފައިންގެ މީހަކު ނިޔާވެއްޖެ

އިންޑިއާގައި ޓްރެއިނިން ހަދަމުންދިޔަ ސިފައިންގެ މީހަކު ނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން މިއަދު ވިދާޅުވީ، ރާއްޖެ އިން ބޭރުގައި ތަމްރީން ހަނދަމުންދިޔަ ސިފައިންގެ މީހަކު، ތަމްރީން ހަރަކާތެއްގައި އުޅެނިކޮށް ނިޔާވެފައިވާ ކަމަށެވެ.

ނިޔާވެފައި ވަނީ އުމުރުން 22 އަހަރުގެ ޕްރައިވެޓް މުހައްމަދު ސުލްތާން އިބްރާހިމް އެވެ.

ނިޔާވި ޒުވާނާ ތަމްރީން ހަނދަމުންދިޔައީ، އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީގައެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެޒުވާނާގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ