ރާއްޖެއިން ބޭރުގައި ތަމްރީނު ހަދަމުންދިޔަ ލާންސް ކޯޕްރަލް މުޙައްމަސު ސުލްތާން ނިޔާވީ ވީ ދުވުމެއް ފުރިހަމަކުރަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
ސުލްތާން މިއަދު ނިޔާވެފައި ވަނީ އިންޑިއާގެ ޕޫނޭގައި ހުންނަ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ތަމްރީނު ހަދަމުން ދަނިކޮށެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑެމީގައި އޮފިސަރ ކެޑޭޓް ތަމްރީނު ހަރަކާތުގައި އުޅެނިކޮށް މިއަދު މެންދުރު ފަހު ނިޔާވެފައި ވަނީ ހިމަންދޫ، ރޯޒްމީޑް ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާނު ކަމަށެވެ. ސުލްތާން މަރުވެފައިވަނީ ނޭޝަނަލް ޑިފެންސް އެކެޑެމީގެ ކޭމްޕް ގްރީން ހޯންގައި މިއަދު އެންޑިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައި ކަމަށްވެސް ވިދާޅުވިއެވެ.
މިއަދު މެންދުރުފަހުއޮތް މިދުވުމުގެތެރޭގައި ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާނު ވެއްޓުމުން ވަގުތުން އިމަޖެންސީގައި 13:58 ހާއިރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ. އަދި ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ލާންސް ކޯޕަރަލް މުހައްމަދު ސުލްތާން ވަނީ ނިޔާވެފައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ލާންސް ކޯޕަރަލް މުހައްމަދު ސުލްތާން ސިފައިންގެ ހިދުމަތާއި ގުޅުނީ އޭޕްރީލް 8، 2018 ގައެވެ. އޭނާ މަރުވިއިރު ފުރިހަމަ ކުރަމުން ދިޔައީ މާޗް 1، 2021 އިން މާޗް 15، 2024 އަށް ޕޫނޭ ނޭޝަނަލް ޑިފެންސް އެކަޑަމީގައި ކުރިއަށްދާ 145 ވަނަ އޮފިސަރު ކެޑޭޓް ކޯހެވެ. ކޯހަކަށް ދިއުމުގެ ކުރީން ލާންސް ކޯޕަރަލް މުހައްމަދު ސުލްތާން މަސައްކަތް ކުރަމުން ގެންދިޔައީ އިންޓަގްރޭޓެޑް ހެޑްކްއޯޓާޒް (ޖޭ-1) ގައި ކަަމަށް އެމްއެންޑީއެފުން ބުންޏެވެ. ލާންސް ކޯޕްރަލް ރޭންކު މުހައްމަދު ސުލްތާނަށް ލިބިފައިވަނީ ކޯސް ފުރިހަމަ ކުރަން އިންޑިއާގައި ހުއްޓައެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ސުލްތާންގެ ހަށިގަނޑު މާލެ ގައުމަށް ސިފައިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.



