މި މަހުގެ 25 ވަނަ ދުވަހު އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުއްލި ގޮތަކަށް ނިޔާވި ލާންސް ކޯޕްރަލް މުޙައްމަދު ޞުލްޠާންގެ ހަށިގަނޑު މިއަދު ރާއްޖެ ގެނެސްފިއެވެ.
ސުލްތާންގެ ހަށިގަނޑު ރާއްޖެ ގެނެސްފައިވަނީ މިއަދު މިއަދު މެންދުރު 12:43 ގައެވެ. އެމްއެންޑީއެފުން ވިދާޅުވީ، ސުލްތާންގެ ޖަނާޒާގެ ކަންތައް ކުރިއަންގެންދަން ނިންމައިފައިވަނީ ރަސްމީ އިއްޒަތުގައި ކަމަށެވެ.
މަރްހޫމް މުހައްމަދު ސުލްތާންގެ ކަށުނަމާދު އޮންނާނީ މިއަދުގެ މަޤްރިބް ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
ސިލްތާން ނިޔާވީ އިންޑިއާގެ ޕޫނޭގައި ހުންނަ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ތަމްރީނު ހަދަމުން ދަނިކޮށެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، ސުލްތާން މަރުވެފައިވަނީ ނޭޝަނަލް ޑިފެންސް އެކެޑެމީގެ ކޭމްޕް ގްރީން ހޯންގައި އެންޑިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.
ސުލްތާންގެ މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމެއް ހެދުމަށް ނިންމާފައިވާ ކަމަށް އިންޑިއާގެ ނެޝަނަލް ޑިފެންސް އެކަޑަމީ (އެންޑީއޭ) އިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައި ވީނަމަވެސް، އެމްއެންޑީއެފުން ވިދާޅުވީ ޕޯސްޓްމޯޓަމް ނުހަދާ ކަމަށެވެ.
އެމްއެންޑީއުން ވިދާޅުވީ، ޕޯސްޓްމޯޓަމް ނުހަދަން ނިންމީ ސުލްތާންގެ އާއިލާގެ އެދުމުގެ މަތިންކަމަށެވެ.
ސުލްތާން އިބްރާހީމް ނިޔާވުމާ ގުޅިގެން އިއްޔެގެ 18:00 އިން ފެށިގެން 48 ގަޑިއިރަށް ސިފައިންގެ މަރުކަޒުތަކުގައި ސިފައިންގެ ދިދަ ވަނީ ބައިދަނޑިއަށް ތިރިކުރެވިފައެވެ.
ލާންސް ކޯޕަރަލް މުހައްމަދު ސުލްތާން ސިފައިންގެ ހިދުމަތާއި ގުޅުނީ އޭޕްރީލް 8، 2018 ގައެވެ. އޭނާ މަރުވިއިރު ފުރިހަމަ ކުރަމުން ދިޔައީ މާޗް 1، 2021 އިން މާޗް 15، 2024 އަށް ޕޫނޭ ނޭޝަނަލް ޑިފެންސް އެކަޑަމީގައި ކުރިއަށްދާ 145 ވަނަ އޮފިސަރު ކެޑޭޓް ކޯހެވެ. ކޯހަކަށް ދިއުމުގެ ކުރީން ލާންސް ކޯޕަރަލް މުހައްމަދު ސުލްތާން މަސައްކަތް ކުރަމުން ގެންދިޔައީ އިންޓަގްރޭޓެޑް ހެޑްކްއޯޓާޒް (ޖޭ-1) ގައި ކަަމަށް އެމްއެންޑީއެފުން ބުންޏެވެ. ލާންސް ކޯޕްރަލް ރޭންކު މުހައްމަދު ސުލްތާނަށް ލިބިފައިވަނީ ކޯސް ފުރިހަމަ ކުރަން އިންޑިއާގައި ހުއްޓައެވެ.




