ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރާގުގެ ހިދުމަތް ފެށުން -- ފޮޓޯ/ ދިރާގު

އިންޓަނެޓާއެކު ދިރާގުން ހިޔާ ފްލެޓަށް ހިދުމަތް ދޭން ފަށައިފި

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ހައިސްޕީޑް ފައިބަރު ބްރޯޑްބޭންޑް އިންޓަނެޓް އަދި ދިރާގު ޓީވީގެ ހިދުމަތް ދިރާގުން ފޯރުކޮށްދޭން ފަށައިފި އެވެ.

މި ހިދުމަތް ތައާރަފްކުރުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކުރުމަށް ޓަކައި އެކަމުގެ ހަފްލާ ބާއްވާފައިވަނީ އިއްޔެ ހަވީރު އެޗްޑީސީގައެވެ.

ދިރާގުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދެވެ.

ދިރާގުގެ ހިދުމަތްތަކާ ގުޅޭ އިތުރު މައުލޫމާތު ފޯރުކޮށްދިނުމަށް ދިރާގުގެ މުވައްޒަފުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މި މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް ހަވީރު 4:00ކުން ހަވީރު 6:00 އަށް ހަރަކާތްތެރިވާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ