ދިރާގާއި ރާއްޖޭގެ ޓެކް ކުންފުންޏެއް ކަމަށްވާ ސްޕާކް ހަބް ގުޅިގެން ދުނިޔޭގެ އެންމެ ވަރުގަދަ އެއް ސްޓާޓްއަޕް ވޯކްޝޮޕް "ލީން ސްޓާޓްއަޕް" ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.
ކޮވިޑް-19 އާ ގުޅިގެން، އޮންލައިންކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕް އޮންނާނީ މި މަހުގެ 26 ން 27ގެ ނިޔަލަށެވެ.
މި ވޯކްޝޮޕްގައި، ލީން އިން ގެންގުޅޭ ތަފާތު އުކުޅުތަކާއި އަދި އެކި އެކި ޕްރޮޑަކްޓްތަކާއި، ކަސްޓަމަރުންނަށާއި އަދި ބިޒްނަސް ޑިވޮލޮޕްމަންޓް މޮޑެލްތަކާ ގުޅޭގޮތުން ކިޔަވައިދޭންް ހަމަޖެހިފައިވެ އެވެ. އަދި ތަފާތު ބިޒްނަސް ކޮންސެޕްޓްތައް ޓެސްޓުކޮށް އޭގެ ތެރެއިން އެންމެ ރަނގަޅު ކޮންސެޕްޓްތައް ފާހަގަކޮށް، ސްޓާޓްއަޕްތައް ފަށައިގަތުމުގައި ބޭނުންވާ ވަސީލަތްތަކާއި ޓޫލްސްތައް ފޯރުކޮށްދީ އެކަމުގެ އުކުޅުތައް ކިޔަވައިދީ އަދި ދެމެހެއްޓެނިވި ގޮތަށް އެކަން ކުރިއަށް ގެންދެވޭނެ ގޮތް ކިޔައިދިނުމަށް ވެސް ހަމަޖެހިފައެވެ.
Lean Startup Methodology is key to help entrepreneurs, product builders & managers to eliminate delays by making better & faster business decisions. Essential for an established company or a startup.
Register now ???????? https://t.co/NDn5QeSCGt@LeanStartupMV @sparkhubmv pic.twitter.com/kYKDN9fLq3
— Dhiraagu (@Dhiraagu) December 8, 2020
ރާއްޖޭގައި ސްޓާޓްއަޕްތައް ފެށުމަށް އެެހީތެރިވުމުގެ ގޮތުން ދިރާގާއި ސްޕާކްހަބް ގުޅިގެން ވަނީ މީގެ ކުރިންވެސް އިވެންޓްތައް ބާއްވައިފައެވެ. އޭގެ ތެރޭގައި ސްޓާޓްއަޕް އެކްސް ގްރައިންޑް އިވެންޓް އަދި ރާއްޖޭގައި ބޭއްވި އެންމެ ފުރަތަަމަ އިންޓަނޭޝަނަލް ހެކަތޯން ފާހަގަކޮށްލެވެއެވެ.




