ކާށިދޫން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ.
އެމްއެންޑީއެފުން މިއަދު ވިދާޅުވީ، އަޑިއަށް ގޮސްފައިވަނީ ފަސް މީހުންނާ އެކު ކާށިދޫން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރަމުންދިޔަ 60 ފޫޓުގެ ސަޕްލައި ދޯންޏެއް ކަމަށެވެ. އެ ދޯނި ޅ. އަލިގާގެ ހުޅަނގުން 4 ނމ. ބޭރުން އަޑިއަށް ގޮސްގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރި ވެފައިވާއިރު، ހާދިސާގެ ރިޕޯޓް ލިބިފައިވަނީ އަންގާރަ ދުވަހުގެ ފަތިހު 05:59 ހާއިރުކަން އެމްއެންޑީއެފުން ފާހަގަކޮށްފައިވެއެވެ.
އެ ދޯނިން ދަތުރުކުރި 5 ދިވެހިން ގެއްލިގެން އެމްއެންޑީއެފުން ވަނީ ހޯދައިފައެވެ. އެންމެ ފަހުން އެމީހުންނަށް ގުޅިފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 06:45 ގައި ކަން އެމްއެންޑީއެފުން ވިދާޅުވިއެވެ.
ނަމަވެސް އެ ފަސް ދިވެހީން ވެސް އެ ސަރަހައްދުގައި އެމީހުން ހޯދަން އުޅުނު ކޯސްޓުގާޑުގެ އުޅަނދަށް 8:30 ހާއިރު ވަނީ ފެނިފައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
އެ ފަސް މީހުން ވެސް ކާށިދޫއަށް ގެންދިއުމުގެ މަަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ. އަދި އެ އެންމެންގެ ވެސް ހާލު ރަނގަޅުކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.




