އަޑިއަށްދާން ފެށި ބޯޓުގައި ތިބި 9 މީހުން އެހެން ބޯޓަކަށް ނަގައިފި

ޅ.އަތޮޅުގެ އިރުން 130 ނމ. ބޭރުން އަޑިއަށް ދާންފެށި ބޯޓުގައި ތިބި 9 ފަޅުވެރިން އެމްސީޕީ ސަލްޒްބާގް ނަމަކަށް ކިޔާ ބޯޓަކަށް ނަގައިފިއެވެ.

އޮކްޓޯބަރު 2 ވަނަ ދުވަހު އިންޑިއާގެ ޓުޓިކޮރިންއިން ފުރައިގެން މާލެ ދަތުރުކުރި "އެމްއެސްވީ އަނާއި ވައިލަންކަނެ އަރޮކިއާ" ބޯޓް އަޑިއަށް ދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ އިއްޔެ 16:57 ހާއިރުއެވެ.

އެމްއެންޑީފަށް މި މައުލޫމާތު ލިބުމާއެކު ބޯޓަށް އެހީތެރިވުމަށް އެ ސަރަހައްދަށް ދިއުމަށް ކޯސްޓްގާޑް ޝަހީދު އަލީ ރޭ ދަތުރުފެށި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އަދި ޝާހިދު އަލީ އަށް އެ ސަރަހައްދަށް ފޯރާނެ ކަމަށް އެމްއެންޑީއެފުން އޭރު ލަފާކުރީ މިއަދު ހެނދުނުއެވެ.

ދެންމެ އެމްއެންޑީއެފް އިން ވިދާޅުވީ އަޑިއަށް ދާންފެށި ބޯޓުގައި ތިބި ނުވަ މީހުން ވެސް އެހެން ބޯޓަކަށް ނަގާފައިވާ ކަމަށެވެ. އެގޮތުން ލަންކާއިން ފުރައިގެން މާލެއަށް ދަތުރުކުރާ މި ބޯޓު، މިރޭ 23:45 ކަންހާއިރު މާލެ އަށް ބަނދަރު ކުރާނެކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އިއްޔެ އަޑިއަށް ދާންފެށި ބޯޓަކީ ރާއްޖެއަށް ތަރުކާރީ އާއި މޭވާ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ބޯޓެކެވެ.ޓެއް ކަަމަށެވެ.

 

 

 

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ