މާފުށި

ޖަލު ބަލަހައްޓާ އޮފިސަރަކަށް ގައިދީއަކު ހަމަލާދީފި

މާފުށީ ޖަލުގެ ގައިދީއަކު ޖަލުބަލަހައްޓާ އޮފިސަރަކަށް ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޖަލުބަލަހައްޓާ އޮފިސަރަށް ޤައިދީއަކު ހަމަލާދިނީފައިވަނީ ދަގަނޑުބުރިއަކުންނެވެ. އެ ހަމަލާގައި އެ އޮފިސަރުގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިއަދު ހަވީރު މި ހާދިސާ ހިނގާފައިވަނީ ޖަލު ބަލަހައްޓާ އޮފިސަރުން ރޫޓިންގކޮށް ޖަލު ގޮޅިތައް ބަލާ ފާސްކުރުމުގެ ތެރޭގައިކަމަށް، މޯލްޑިވިސް ކަރެކްޝަނަލް ސާވިސަސްއިން ބުނެއެވެ.

އަނިޔާވި ކަރެކްޝަންސް ގެ އެ އޮފިސަރަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފައިވާއިރު،ހަމަލާދޭން ބޭނުންކުރި ތަކެތި ހޯދާ، ޖަލުގެ ހާލަތު މިވަގުތުވަނީ އާންމު ހާލަތަށް ގެނެވިފައިކަމަށް ކަރެކްޝަނަލް ސާވިސްއިން ވަނީ ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން

ހިޔާލު

  1. ބޭބެ

    ގިނަ ީމީހުން މި ވީގޮތެއް ނުބަލާ ކަރެކްސަން މީހުން ގޯސް މި ކުރަމީ.

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް