ސީރިޔާގައި ނިޔާވިކަމަށް ބުނާ ދިވެހި މީހާ | ފޮޓޯ: ބިލާދް އަލް ޝާމް މީޑިއާ

ސީރިޔާގައި ހަނގުރާމަ ކުރަމުންދިޔަ ދިވެއްސަކު ނިޔާވެއްޖެ

ސީރިޔާގައި ހަނގުރާމަ ކުރަމުންދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.

ހަނގުރާމައިގެ ތެރޭގައި ނިޔާވެފައިވަނީ އަބޫ ހާޖަރް އަލް މާލްދީފް ނަމަކަށް ކިޔާ ދިވެއްސެއް ކަމަށް ސީރިއާގައި ހަނގުރާމައިގެ ޚަބަރުތައް ގެނެސްދޭ، ބިލާދް އަލް ޝާމް މީޑިއާއިން ބުނެފައިވެއެވެ.

ނިޔާވި މީހާ ނިސްބަތްވާ ރަށެއް އަދި އެމީހާގެ ފުރިހަމަ ނަމެއް މިހާތަނަށް އައި އިރު ބިލާދް އަލް ޝާމް މީޑިއާއިން ހާމަކޮށްފައެއް ނުވެއެވެ. އެ މީޑިއާއިން ބުނެފައިވަނީ، އަބޫ ހާޖަރް އަލް މާލްދީފް އާއި ގުޅޭ އިތުރު މައުލޫމާތު ފަހުގެ ވަގުތެއްގައި ފާޅުކުރާނެ ކަމަށެވެ.

ސީރިއާ އަދި އިރާގުގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށްޓަކައި 100 އަށްވުރެ ގިނަ ދިވެހިން އެސަރަހައްދަށް ދަތުރު ކޮށްފައިވާ ކަމަށް ބެލެވެއެވެ. މީގެ ތެރެއިން ބައެއް ފަރާތްތައް މިހާރު އެނބުރި ދިވެހިރާއްޖެއަށް އަންނަން ބޭނުންވެފައިވާ ކަމަށް މީޑިއާގައި ޚަބަރު ފެތުރިފައި ވެއެވެ. އަދި މިފަރާތްތައް ރާއްޖެ ގެނައުމާއި މެދު ވަނީ ސިޔާސީ ފަރާތްތަކުގެ މެދުގައި ބަހުސް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ށޫޛޑޯޢ÷

    މީނަގެ ނަމަކީ އަލީ ޝާރީފް

  2. ޒުއްބަ

    ޖަބްހަތުލް ނުސްރާ އަކީ ފަލަސްތީނުގެ ހަމާސްފަދައިން އެމެރިކާގެ އަމުރުތަކަށް އޯކޭވެގެން ތިބެ ނަމުގަކާފަރުންނާ ހަނގުރާމަ ކުރާބައެއް ! ޖަބްހަ އަށްދާ ދިވެހިން ރާއްޖެ އައުމަކަށް ނޭދޭ ! ރާއްޖެ އައުމަށް އެދެނީ އިސްލާމިކްސްޓޭޓު އަށް ޖޮއިންވި ދިވެހިންގެ އަނބިންނާ ކުޑަދަރިން
    ޖަބްހާއަކީ ދަމަކު ބަޑިއެއްޖަހާހެން އަޑެއް އިއްވާލާބައެއް! އެމީހުންތިބެނީ ގަނޑުވަރުތަކުގައި
    ޖަބްހާ ހަނގުރާމަކުރަނީ ކާފަރުންގެ ތެރެއިން ކޮންބަޔަކާ ؟ޖަބްހަތުލް ނުސްރަ އެއީ ހަނގުރާމަ ކުރާބައެއްނަމަ އެމެރިކާއިން އަޑުއަރުވާނީ ޖަބްހައޭ ކިޔާފަނޫންތަ؟

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ