ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމާގައި ބައިވެރިވުމަށްފަހު ރާއްޖެއައި މީހާގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.
ފުލުހުން ވިދާޅުވީ ޓެރަރިސްޓު ޖަމާއަތްތަކާއެކު ސީރިއާގެ ދާހިލީ ހަނގުރށާމައިގައި ބައިވެރިވުމަށް ސީރިއާއަށް ދަތުރުކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ.
ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށްފަހު އެނބުރި ރާއްޖެއައި އުމުރުން 34 އަހަރުގެ ދިވެހި ފިރެހެނަކު ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި ހައްޔަރުކުރި މީހާގެ ގެ ބަލައި ފާސްކުރުމުގެ މަސައްކަތްވެސް ފުލުހުން ވަނީ ކޮށްފައެވެ.
މީގެކުރިންވެސް ބޭރުގެ ގައުމުތަކުގައި ހިނގަމުން އަންނަ އެކިއެކި ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ރާއްޖެ އައި ބަޔެއް މީހުން ފުލުހުންވަނީ ހައްޔަރުކޮށް އެމީހުންގެ މައްޗަށް ދައުވާވެސް ކޮށްފައެވެ.
ރާއްޖޭގެ ގާނޫނު އަސާސީ ބުނާގޮތުން ބޭރުގައުމުތަކަށް ގޮސް އެގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ދިވެހިން ބައިވެރި ވުމަކީ މަނާކަމެކެވެ.




