ރައީސް ނަޝީދު މާލެ ވަޑައިގެންފި

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

އިނގިރޭސިވިލާތުގެ ގްލާސްގޯގައި ބޭއްވި ތިމާވެއްޓާ ބެހޭ އެންމެ ބޮޑު ކޮންފަރެންސް "ކޮޕް 26"ގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެންފި އެވެ.

މިދިޔަ މަހުގެ 31ގައި ފެށިގެން މި މަހުގެ 12އަށް ކުރިއަށްގެންދިޔަ މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު މިއަދު މާލެ ވަޑައިގަތީ ހަވީރުގެ ވަގުތެއްގަ އެވެ.

އދ. އިން އިންތިޒާމު ކުރާ ދުނިޔޭގައި ބާއްވާ ތިމާވެއްޓާ ބެހޭ އެންމެ ކޮންފަރެސް، ކޮޕް ސަމިޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާވެސް ބައިވެރިވެ ވަޑައިގަތެވެ.

އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވި އިރު އެމަނިކުފާނު ހުރުމަށް ސަރުކާރުން ހަމަޖެއްސި ރަސްމީ ގެ މ. މުރައިދޫގެ ނިންމާ މިއަދު ވަނީ މަޖިލީހުގެ އިދާރާއާ ހަވާލުކޮށްފަ އެވެ. ނަޝީދު މީގެ ކުރިން ހުންނެވީ ހޮޓެލް ޖެންގަ އެވެ.

ނަޝީދަށް ވަގުތީ ގެކޮޅަށް ހަމަޖައްސަން ނިންމީ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނަށް ދާދި ފަހަކުން ގެނައި އިސްލާހުގެ ދަށުން މަޖިލީހުގެ ރައީސްއާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ގެކޮޅާއި ގެކޮޅުގެ ހަރަދާއި އެ ތަނުގައި މަސައްކަތް ކުރާނެ މުވައްޒަފުންގެ ހަރަދު ހަމަޖައްސަން ލާޒިމު ކުރުމުންނެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

ހިޔާލު

  1. Rty

    Sarukaaruge beythelmaalu huskuraee thiya nasheedu ah kihaabodu aafaatheh thee miumahjehifa oy.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް