މާލޭ ޖަލު - ފޮޓޯ: ސަން

ޖަލުގެ ހަމަނުޖެހުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި - ހޯމް މިނިސްޓްރީ

މާފުށީ ޖަލުގައި، ޖަލު ބަލަހައްޓާ އޮފިސަރަކަށް ގައިދީ އަކު މިއަދު ހަމަލާ ދިނުމުން ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޖަލުގައި ހިނގި ހަމަނުޖެހުމާ ގުޅޭ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު އަހުމަދު ނަސީމް މިރޭ އިރާކޮޅު ވިދާޅުވީ، އޮފިސަރަކަށް ހަމަލަދިނީ މާ ބޮޑު ހަމަނުޖެހުމެއްގެ ތެރޭގައި ނޫން ކަމަށާއި، "ބޮޑު ހަމަނުޖެހުމެއް ނުހިނގާ" ކަމަށެވެ.

އެ މިނިސްޓްރީން މިރޭ ވިދާޅުވީ، ޖަލުގައި މިއަދު ހަމަނުޖެހުން ހިންގުމުން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އަޙްމަދު މުހައްމަދު ޖަލަށް ވަޑައިގެން އެތަނުގެ ހާލަތު ބެއްލެވި ކަމަށާއި، އެ ހަމަނުޖެހުން ކޮންޓްރޯލްކުރުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެ ހާދިސާގައި ޒަހަމްވި ކަރެކްޝަންސްގެ އޮފިސަރަށް ލިބިފައި ވަނީ ކިހާ ވަރެއްގެ އަނިޔާއެއްކަން އެނގޭނީ މާލެ ގެނެސް ޑޮކްޓަރަށް ދެއްކުމުން ކަމަށާއު، އެހާދިސާ އިތުރަށް ތަހުގީގު ކުރުމަށް ފަހު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް