ފޮޓޯ: އެމްއެންޑީއެފް

ޓަގު ބޯޓެއް އޮޔާ ދަނިކޮށް ސަލާމަތްކޮށްފި

ފަސް މީހުންނާއެކު ދަތުރުކުރި ޓަގު ބޯޓެއް އޮޔާ ދަނިކޮށް އެމްއެންޑީއެފުން ސަލާމަތްކޮށްފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، ބާޖެއް ކަފުޖަހައިގެން ބ.ލަނޑާގިރާވަރުން މާލެއަށް މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ދަތުރުކުރަމުން ދިޔަ "ނީލް" ޓަގުގެ ބުރަފަތީގައި ވަލެއް އޮޅިގެން އޮޔާދާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވި ކަމަށެވެ.

ބ.ތުޅާދޫގެ ހުޅަނގު ދެކުނުން 9 ނޯޓިކަލް މެއިލް ބޭރުން ދަތުރުކުރަމުން ދިޔަ މި ޓަގުގެ ބުރަފަތީގައި ވަލެއް އޮޅިގެން އިންޖީނު ހުއްޓުމުގެ ހާދިސާގެ މަޢުލޫމާތު އެމްއާރްސީސީއަށް ލިބިފައިވަނީ ރޭގެ 21:38 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ފޮޓޯ: އެމްއެންޑީއެފް

އެ މައުލޫމާތު ލިބުމާއެކު ޓަގުގެ ވެރިފަރާތާއިއެކު މުއާމަލާތް ކުރަމުން ދިޔަ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެގޮތުން 05 މީހުންނާއި އެކު ދަތުރުކުރި މި ޓަގު ބޯޓު ހޯދަން ކުރި މަސައްކަތުން ޓަގު ބޯޓު ފެނިފައިވަނީ މިއަދު 11:46 ހާއިރު ބ.ތުޅާދޫގެ ހުޅަނގުދެކުނުން 28.6 ނމ ބޭރުންނެވެ. މި ޓަގު ބޯޓު ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ޑޯނިއަރ ވެސް ވައިގެ މަގުން ވަނީ ހަރަކާތްތެރިވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ