ބަންގްލަދޭޝް އިން ރާއްޖެއަށް 13 އަސްކަރީ އުޅަނދު ހަދިޔާކޮށްފި އެވެ.
މި އަސްކަރީ އުޅަނދުތައް ރާއްޖެއަށް ހަދިޔާކުރީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ރަސްމީ ވާހަކަތައް ބޭއްވުމަށާއި، އެއްބަސްވުންތަކުގައި ސޮއިކުރުމަށް މިއަދު ރައީސް އޮފީހުގައި، އެކަމަނާއާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއެކު ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
ބަންގްލަދޭޝްއިން ރާއްޖެއަށް މި އުޅަނދުތައް ހަދިޔާކޮށްފައި ވަނީ އެގަމުގެ އަސްކަރިއްޔާގެ ފަރާތުން، ރާއްޖޭގެ އަސްކަރިއްޔާއަށް ވެދޭ އެހީ ތެރިކަމެއްގެ ގޮތުންނެވެ. އެގޮތުން މިކަމުގެ ރަމްޒީ ތަޅުދަނޑިއެއް މިއަދުގެ ރަސްމިއްޔާތުގައި ދިވެހި ސިފައިންނަށް ހަވާލުކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގައި ބަންގްލަދޭޝް އިން ރާއްޖެއަށް ހަދިޔާކުރި 13 އަސްކަރީ އުޅަނދުގެ ރަމްޒެއްގެ ގޮތުން މިއަދުގެ ރަސްމިއްޔާތުގައި ބަންގްލަދޭޝް އިން ހަވާލުކުރި ރަމްޒީ ތަޅުގަނޑިއާއި ހަވާލުވެވަޑައި ގަތީ، ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ފަރާތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެ ވަޑައިގެން މިއަދު މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެއީ އެއް ގައުމުން އަނެއް ގައުމަށް އެތެރެކުރާ މުދަލުން ދެ ފަހަރު ޓެކްސް ނެގުން ނުވަތަ ޑަބަލް ޓެކްސޭޝަން އުވާލުމާ ގުޅޭ އެއްބަސްވުމަކާއި، ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމަކާއި، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުމަކާއި އަދި ސިއްހީ ދާއިރާ އިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެކެވެ.
މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ގުޅިފައިވާ ބަޔާނެއްވެސް މި ދެ ލީޑަރުން މިއަދު ވަނީ ދެއްވައިފަ އެވެ.





2 Responses
ސުވާލަކީ ކިތަށް މިލިޓަރީ ސިފަިއިންތޯ ތި ދިން އުޅަނދުތަށް ބަލަހައްޓަން ރާއްޖޭގަ ތިބެނީ؟ އިންޑިއާ އިން ތިން އުޅަންދު ދިނީމަ 70 އަށްވުރެ ގިނަ މިލިޓަރީ ސިފައިން އެބަތިބި ވިއްޔަ…
ޢަސްކަރި އުޅަދެއްނޫން ދިނީ އަސްކަރީ އުޅަދައްވާނީ ޓޭންކަރު ކަހަލަ ހަގުރާމަ މަތީ ބޭނުންކުރާ ކަހަލަ އުޅަދައް. ދިނީ ލޮރީ ބަސް ވޭން ޖިޕް ކަހަލަ ވެހިކަލް ތަކެއް