"އަލަމާ 5" ދޯނިން ކަނޑަށް ދޫވެ އޮޔާދާކަމަށް ބެލެވޭ ސާމާނުތަކެއް ފ.އަތޮޅުގެ އުތުރުން 1 ނޯޓިކަލް މޭލު ބޭރުން، އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ ފެނިފައި-- ފޮޓޯ: އެމްއެންޑީއެފް

ދޯންޏެއް އަޑިއަށް ގޮސް ތިން މީހުން ގެއްލިއްޖެ

ފ.ފީއަލި ކައިރިން ފުރައިގެން މާލެ ދަތުރުކުރި ދޯންޏެއް ދިޔަވެ އަޑިއަށް ދިޔަ މައުލޫމާތު ލިބެގެން، އޭގެން ދަތުރުކުރި ތިން މީހުންނާއި ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.

މި ހާދިސާގެ މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނީ، ދިޔަވެ އަޑިއަށް ދިޔަކަމުގެ މައުލޫމާތު ލިބިގެން، ގެއްލިގެން ހޯދަމުން ދަނީ "އަލަމާ-05" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. އަދި މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ 23:22 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންއެފުން ބުނީ، އެ ދޯނި ދިޔަވެ އަޑިއަށްދާ ކަމަށް ރިޕޯޓުކޮށްފައި ވަނީ ވ.ފުއްސަރުގެ ހުޅަނގު ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އަދި އެ ދޯނި ދަތުރު ކުރަމުން ދިޔައީ، ފ. ފީއަލީ ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނިފަހަރުން ފާނަ ގަނެގެން މާލެއަށް ދިއުމަށް ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

މި ހާދިސާ ހިނގިއިރު، މި ދޯނީގައި ތިން މީހަކު ތިބި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

"މި އުޅަނދާއި މީހުން ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ ހަރަކާތްތެރިވަމުން" އެމްއެންޑީއެފުން ބުންޏެވެ.

.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ