އަޑިއަށްދިޔަ ދޯންޏާއި ތިން މީހުން އަދިވެސް ނުފެނޭ، ހޯދުމުގެ މަސައްކަތް ކުރިއަށް

ދިޔަވެ އަޑިއަށްދިޔަ ކަމުގެ މައުލޫމާތު ލިބުނު ދޯންޏާއި އޭގެން ދަތުރުކުރި ތިން މީހުން އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، ފ.ފީއަލި ކައިރިން ފުރައިގެން މާލެ ދަތުރުކުރި ދޯންޏެއް ދިޔަވެ އަޑިއަށް ދިޔަ މައުލޫމާތު ލިބެގެން، އޭގެން ދަތުރުކުރި ތިން މީހުންނާއި ދޯނި ހޯދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.

ފަހުގެ މައުލޫމާތު ހާމަކުރަމުން އެމްއެންޑީއެފުން ބުނީ، ގެއްލުނު ދޯންޏާއި އޭގެން ދަތުރުކުރި ތިން މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން އެމީހުން ހޯދުމުގައި މިވަގުތު ކޯސްޓުގާޑުން ހަރަކާތްތެރިވާ ސަރަހައްދުވެސް އެމްއެންޑީއެފުން ހާމަކުރި އެވެ.

ފޮޓޯ" އެމްއެންޑީއެފް

ދިޔަވެ އަޑިއަށް ދިޔަކަމުގެ މައުލޫމާތު ލިބިގެން، ގެއްލިގެން ހޯދަމުން ދަނީ "އަލަމާ-05" ނަމަކަށް ކިޔާ ދޯންޏެކެވެ. އަދި މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ 23:22 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ، އެ ދޯނި ދިޔަވެ އަޑިއަށްދާ ކަމަށް ރިޕޯޓުކޮށްފައި ވަނީ ވ.ފުއްސަރުގެ ހުޅަނގު ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އަދި އެ ދޯނި ދަތުރު ކުރަމުން ދިޔައީ، ފ. ފީއަލީ ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނިފަހަރުން ފާނަ ގަނެގެން މާލެއަށް ދިއުމަށް ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ