އިހަވަންދޫ ސްޕީޑް ފެރީގެ ނިޒާމްް އިފްތިތާހުކޮށްފި

އެމްޓީސީސީން ހއ. އަދި ހދ. އަތޮޅުގައި ގާއިމްކޮށްފައިވާ ސްޕީޑް ފެރީގެ ނިޒާމް ހއ. އިހަވަންދޫ އަށް ފުޅާކޮށް މި ހިިދުމަތް އިފްތިތާހުކޮށްފިއެވެ.

މި ނިޒާމް އިފްތިތާހްކޮށްދެއްވީ ނައިބު ރައީސް ފައިޞަލް ނަސީމް ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު އިހަވަންދޫ އަށް މިއަދު ޒިޔާރަތްކުރައްވައެވެ.

އިހަވަންދޫގެ އިތުރުން އިއްޔެ ހޯރަފުށީގައި ވެސް ސްޕީޑް ފެރީގެ ނިޒާމު ވަނީ އިފްތިތާހުކޮށްފައެވެ.

16 އޭޕްރީލް 2019 ގައި ޙިދުމަތް ފެށުނު ހއ. އަދި ހދ. އަތޮޅުގެ ސްޕީޑް ފެރީގެ ދަތުރުތައް ފުރަތަމަ ފަށާފައިވަނީ ހއ. ދިއްދޫ، ހދ. ހަނިމާދޫ އަދި ހދ. ކުޅުދުއްފުށި، މި ތިން ރަށަށެވެ. އަދި އަދި 01 ޖޫން 2019ގައި، ގިނަބައެއްގެ އެދުމުގެ މަތިން ދަތުރުކުރަމުން އައި ތާވަލަށް ހދ. ނޮޅިވަރަންފަރު އިތުރުކޮށް، ނޮޅިވަރަންފަރަށް ޚިދުމަތްދޭން ފެށިފައިވާކަމަށް އެމްޓީސީސީއިން ބުނެއެވެ.

އެމްޓީސީސީގެ ސްޕީޑް ފެރީގެ އަގުތަކަށް ބަލާއިރު، ދިއްދޫއިން ހަނިމާދޫއަށް އަދި ހަނިމާދޫއިން ކުޅުދުއްފުއްޓަށް އަގު އުޅެނީ 150 ރުފިޔާ އަދި ދިއްދޫއިން ކުޅުދުއްފުއްޓަށް 200 ރުފިޔާގެ ރޭޓުންނެވެ. އަދި ހަނިމާދޫ- ނޮޅިވަރަންފަރު، ނޮޅިވަރަންފަރު- ކުޅުދުއްފުށި 75 ރުފިޔާގެ ރޭޓުން އުޅޭއިރު، ހޯރަފުށި -ކުޅުދުއްފުށީގެ ޓިކެޓު އަގުވަނީ 250 ރުފިޔާއަށެވެ.

ފައިސަލް ނަސީމްގެ މި ޒިޔާރަތުގައި އިހަވަންދޫ ސްކޫލަށާއި، ޞިއްޙީ މަރުކަޒަށާއި، އިންޖީނުގެއަށް ޒިޔާރަތްކުރައްވައި، އެ މުޢައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް