ދޯނިން ދަތުރުކުރަމުން ދިޔަ ތިން މީހުންގެ ތެރެއިން ދެ މީހުން: އެ މީހުންގެ ތެރެއިން އާދަމް ޝަފީގް އަދިވެސް ނުފެނޭ --- ފޮޓޯ/ ފުލުހުން

ފެތުނު ދޯނިން ގެއްލުނު ދެފަޅުވެރިން ސަލާމަތުންތިއްބާ ފެނިއްޖެ

ދިޔަވެ އަޑިއަށް ދިޔަ އަލަމާ-5 ދޯނިން ކަނޑުވެ ގެއްލުނު ތިން ފަޅުވެރިންގެ ތެރެއިން ދެ މީހަކު ސަލާމަތުން ހުއްޓާ ފެނިއްޖެ އެވެ.

މި ދެފަޅުވެރިން ސަލާމަތް ކޮށްފައި ވަނީ އދ. ދަނގެއްޗާ ހިސާބުގައި ހަންތަކެއްގައި އެލިގެން ތިއްބައެވެ. ސަލާމަތުން ހުއްޓާ ފެނިފައިވަނީ ގެއްލުނު ތިން މީހުންގެ ތެރެއިން ބަންގްލާދޭޝްގެ ދެ މީހުންނެވެ.

ފުލުހުން މިރޭ ވަނީ ދޯނިން ގެއްލުނު ދެ ފަޅުވެރިންގެ ވަނަވަރާ ފޮޓޯ އާއްމުކޮށްފައެވެ. މި ދޯނިން ގެއްލިފައިވާ ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ކ. ގުރައިދޫ/ ނަލަވާ، އާދަމް ޝަފީޤް (32އ) އާއި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އަސަދުލް އިސްމާލް (37އ) އެވެ. ދެން ދޯނީގައި ހުރި ބިދޭސީ މިހާގެ މައުލޫމާތު ހޯދައި، ވެރިފައިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ދޯނީގައި ދެން ހުރި ދޯނީގެ ކައްޕި އާދަމް ޝަފީގް އަދިވެސް ނުފެނެއެވެ.

ސަލާމަތުން ހުއްޓާ ފެނުނު ދެމީހުން ކަނޑުމަތީގައި ހުރިކަން އެނގުނީ އެތަނުން އެކެއްގެ ފޯނު ނުނިވި އޮތުމާއެކު، ރޭންޖު ލިބޭ ހިސާބަކަށް ދިއުމުގެ ސަބަބުން ފޯނަށް ގުޅޭގޮތް ވުމުން ކަމަށް މައުލޫމާތު ލިބެ އެވެ.

ފ.ފީއަލި ކައިރިން ފުރައިގެން މާލެ ދަތުރުކުރި "އަލަމާ 5" ދޯނި ދިޔަވެ އަޑިއަށް ދިޔަ މައުލޫމާތު ލިބެގެން، އޭގެން ދަތުރުކުރި ތިން މީހުންނާއި ދޯނި ހޯދުމުގެ މަސައްކަތް ތެރެއިން އެ ދޯނިން ކަނޑަށް ދޫވެ އޮޔާދާކަމަށް ބެލެވޭ ސާމާނުތަކެއް މިއަދު އެމްއެންޑީއެފަށް ވަނީ ފެނިފަ އެވެ.

"އަލަމާ 5" ދޯނި ދިޔަވެ އަޑިއަށް ދިޔަކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ 23:22 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

(ތަފްސީލު އަންނަނީ)

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Vggjgt

    ސުވަލު އުފެދޭ ހާދިސާއެއް. ގަސްދުގަ މަރާލީ ކަމަށްބުރަވެވޭ.
    ސަބަބު: ދޯނި އަޑިއަށް ދަނީއޭ ކައްޕި ބުނުމާއެކު ފޯނު ކެނޑުން.
    ބަންގާޅީން ސަލަމަތްވިއރު އެމީހުންގެފޯނު ނުނިވޭ.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ