އާ އަހަރު ފާހަގަކުރަން ހުޅުމާލޭގައި ބޭއްވި މިއުޒިކް ޝޯ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ހުޅުމާލޭގައި ހަފްލާތަކާއި ހަރަކާތްތައް ބާއްވަން ހުއްދަދިނުން މެދުކަނޑާލައިފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ މީހުން އެއްވާ ހަފްލާތަކާއި ހަރަކާތްތައް ބާއްވުމަށް ހުއްދަދިނުން ހުޅުމާލެ ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

އިއްޔެ އަކީ ފާއިތުވި ތިން މަހެއްހާ ދުވަހުގެ ކޮވިޑް ހާލަށް ބަލާއިރު، މާލެ ސަރަހައްދުން ރެކޯޑު އަދަދަކަށް ކޮވިޑަށް ޕޮޒިޓިވްވި ދުވަހެކެވެ. އެގޮތުން މާލެއިން އެކަނި 102 މީހަން ކޮވިޑަށް ޕޮޒިޓިވްވި އެވެ. އަދި މުޅި ރާއްޖެއިން ޕޮޒިޓިވާ އަދަދު ފާއިތުވި ތިން ދުވަހު އުޅެނީ 200 އިން މަތީގައެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 ހެ އޮމިކްރޯން ވޭރިއަންޓް ރާއްޖެއިން ފެނިފައިވުމާއެކު ބަލިޖެހޭ އަދަދު މާލެ ސަރަހައްދުގައި އިތުރުވަމުން ދާތީ ބަލި ފެތުރުން ކޮންޓްރޯޅު ކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ހުޅުމާލޭގެ އެކި ިސަރަހައްދުތަކުގައި ގިނަ މީހުން އެއްވާ ހަފްލާތަކާއި ހަރަކާތްތައް ބޭއްވުން މެދުކަނޑާލުމަށް އެޗްޕީއޭ އިން އަނގައިފައިވާ ކަމަށެވެ.

އެހެންކަމުން މިފަދަ ކަންކަމަށް އެޗްޑީސީ ދޫކުރަމުން ގެންދާ ހުއްތަދައް ވަގުތީގޮތުން މެދުކަނޑާލައިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

މޭލެ ސަރަހައްދުގެ ކޮވިޑް ހާލަތު ގޯސްވެ، މިދުވަސްވަރު މާލޭގައި ބާއްވަމުންގެންދާ ނައިޓް މާކެޓަށް ހުއްދަ ދޫކުރުން މެދުކަނޑާލުމަށް އެޗްޕީއޭއިން ވަނީ މާލެ ސިޓީ ކައުންސިލަށްވެސް އަންގައިފަ އެވެ. އެއާއެކު މާލެ ސިޓީގައި ނައިޓް މާރކެޓް ފަދަ އިވެންޓްތައް ބޭއްވުން ވަގުތީގޮތުން ހުއްޓާލުމަ ނިންމައިފައިވާ ކަމަށް ސިޓީ ކައުންސިލުން ރޭ ވަނީ ބުނެފައެވެ.

ކުރިއަށް އޮތް ތިން ހަފްތާއަކީ ވަރަށް ބާރަށް ރާއްޖޭގައި ކޮވިޑް ފެތުރުމުގެ ފުރުސަތު އޮތް ތިން ހަފްތާ ކަމަށް ސިއްހީ މާހިރުން ވިދާޅުވެފައިވާތީވެ، ކޮވިޑްގެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިލްތިމާސްކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އައިސަ

    ހުޅުމާލެ ސުވެކް ސިނަމާ ގަ ޓިކެޓް ބަރާބަރަށް ކުރިއަށް އޮތް ހަފްތާ އަށްވެސް ވިއްކަމުން ދަނީ.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ