މާލޭގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަލާމަތީ ބާރުތަކުން "ގުޅިގެން" ނަމުގައި މާލޭގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
ސަލާމަތީ ޚިދުމަތްތަކުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މާލޭގެ އަމާންކަމާއި ރައްކާތެރިކަން ޔަގީންކުރުމުގެ ގޮތުން ފުލުހުންގެ އެދުމުގެ މަތިން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު "ގުޅިގެން"ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފައިވާ ކަމަށެވެ.
މި އޮޕަރޭޝަން ފަށައިފައި ވަނީ އިއްޔެ ކަމަށް ސަލާމަތީ ބާރުތަކުން ހާމަކުރި އެވެ.
މި އޮޕަރޭޝަން ފަށައިފައި މިވަނީ، ރާއްޖެއަށް ޓެރެރިޒަމްގެ ހަމަލާއެއް އައިސްދާނެ ކަމުގެ އިންޒާރު ލިބުމުން ކަމަށް ވަނީ އަޑު އަރައިފަ އެވެ. ނަމަވެސް މި ކަމާއި ގުޅިގެން ސަލާމަތީ ބާރުތަކުން އަދި ބަހެއް ނުބުނެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޓެރެރިޒަމްގެ މައްސަލައެއްގެ ތުހުމަތުގައި ވިލަމާލޭން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ. އެ އޮޕަރޭޝަނުގައި ވިލިމާލޭގެ ބައެއް ގެތައް ވެސް ވަނީ ބަލައި ފާސްކޮށްފައެވެ.
މި އޮޕޭޝަން މާލެ ސަރަހައްދުގައި ފަށައިފައިވާއިރު،، ފުލުހުންނާއި ސިފައިން ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި މާލޭގެ މަގުމަތީގައި ހަރަކާތްތެރިވަމުންދާކަން ފާހަގަކޮށްލެވެއެވެ.




