ސެޓެލައިޓް ސްކޫލު ރަސްމީކޮށް އިފްތިތާހު ކޮށްފި

ރާއްޖޭގެ ފުރަތަމަ ސެޓެލައިޓް ސްކޫލު ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

ސެޓްލައިޓް ސްކޫލް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތު މިއަދު އޮންލައިންކޮށް ކުރިއަށްގެންގޮސްފައި ވަނީ ހުރަވީ ސްކޫލް އަދި ބ. ފެހެންދޫ ސްކޫލުގަ އެވެ. މި ރަސްމިއްޔާތުގައި ސެޓެލައިޓް ސްކޫލު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ، ރައިސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމެވެ.

ނައިބު ރައީސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވީ ހުރަވީ ސްކޫލުގައި ހުންނަވައިގެން އެވެ. އަދި އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނެވީ ބ. ފެހެންދޫ ސްކޫލުގައި ހުންނަވައިގެންނެވެ.

ސެޓެލައިޓް ސްކޫލް ގާއިމު ކުރަނީ ސްކޫލް ނެތް ރަށްރަށާއި ކުދިން ހަމަނުވުމުގެ ސަބަބުން ސްކޫލް ނުހިންގޭ ރަށްރަށުގަ އެވެ. މި މަސައްކަތުގެ ދަށުން، ބ. ފެހެންދު އާއި ވ. ރަކީދޫ އަދި ވ. ތިނަދޫގައި ސެޓެލައިޓް ސްކޫލު އިމާރާތް ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ މެދުތެރޭގައި ވަނީ ފަށައިފަ އެވެ. ނަމަވެސް ރަކީދޫގެ ސެޓެލައިޓް ސްކޫލު ހިންގާ އިމާރާތް އަދިވެސް ނުނިމޭތީ އެތަން އަދި ނުހުޅުވަ އެވެ.

މި ތިން ސްކޫލަށް ކިޔަވައިދޭނީ ހުރަވީ ސްކޫލްގެ ޓީޗަރުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ