މިދިޔަ މަހު އިމްޕޯޓް އިތުރުވެ، އެކްސްޕޯޓު ދަށަށް!

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

މިދިޔަ ޑިސެމްބަރު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު އިތުރުވި ނަމަވެސް ރާއްޖެއިން ބޭރުކުރި މުދަލުގެ އަގު ދަށްވެއްޖެ އެވެ.

ކަސްޓަމްސް އިން މިއަދު އާންމުކުރި މިދިޔަ މަހުގެ ހިސާބުތަކަށް ބަލާއިރު، 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު މިދިޔަ މަހު ރާއްޖެއިން މުދާ ބޭރުކުރި މިންވަރު ވަނީ 28 ޕަސެންޓް ދަށްވެފައެވެ. އަދި އިމްޕޯޓަށް ބަލާއިރު، 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެ އެތެރެކޮށްފައިވާ މިންވަރަށްވުރެ 78 އިންސައްތަ މިދިޔަ މަހު ވަނީ އިތުރުވެފަ އެވެ.

ނަމަވެސް މިދިޔަ ޑިސެމްބަރު މަހު ކަސްޓަމްސް އަށް ލިބުނު އާމްދަނީ ވަނީ، 2020 ވަނަ އަހަރުގެ ޑިސެމްބަރަށް ވުރެ %23 އިތުރުވެފަ އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް:

  • ނިމުނު ޑިސެމްބަރު މަހު 327 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކުރި އިރު، 2020 ވަނަ އަހަރުގެ އެ މުއްދަތުގައި 457 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކުރި
  • ނިމުނު ޑިސެމްބަރު މަހު 4.5 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި؛ 2020 ވަނަ އަހަރުގެ އެ މުއްދަތުގައި 2.5 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި
  • 2020 ވަނަ އަހަުރުގެ ޑިސެމްބަރު މަހު 296 މިލިއަން ރުފިޔާގެ އާމްދަނީ މީރާ އަށް ލިބުނުއިރު، 2021 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ ވަނީ 364 މިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައި

މީގެ އިތުރުން ފާއިތުވި މަހު ރާއްޖެއަށް އަގުގެގޮތުން އެންމެ ގިނައިން މުދާ އެތެރެކުރި ގައުމުތައް:

  • ޔޫއޭއީ: 713 މިލިއަން ރުފިޔާގެ މުދާ
  • ޗައިނާ: 575 މިލިއަން ރުފިޔާގެ މުދާ
  • އިންޑިއާ: 504 މިލިއަން ރުފިޔާގެ މުދާ
  • އޮމާން: 487 މިލިއަން ރުފިޔާގެ މުދާ
  • ސިންގަޕޫރު: 428 ލިއަން ރުފިޔާގެ މުދާ

ކަސްޓަމްސްގެ އިތުރު ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނައިން މިދިޔަ މަހު އެތެރެކޮށްފައި ވަނީ ކާބޯތަކެއްޗެވެ. މިދިޔަ ޑިސެމްބަރު މަހު 935 މިލިއަން ރުފިޔާގެ ކާބޯތަކެތި ރާއްޖެއަށް އެތެރެކޮށްފައިވާއިރު، 816 މިލިއަން ރުފިޔާގެ ގޭހާއި ތެލުގެ ބާވަތްތައް މިދިޔަ މަހު އެތެރެކޮށްފައިވެ އެވެ.

މީގެ އިތުރުން، ރާއްޖޭން ބޭރަށް އެންމެ ގިނައިން އެކްސްޕޯޓުކުރި މުދަލުގެ ތެރޭގައި ހިމެނެނީ ގަނޑުކުރި ކަނޑުމަހުގެ ބާވަތްތަކެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް