އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ / ފޮޓޯ: މަޖިލިސް

ފިލާވަޅަށް ދަރިވަރުންގެ ޝައުގުވެރިކުރަން ހޯދަން ޓީޗަރުންގެ މޫނުފެނުން މުހިއްމު: އެޑިޔުކޭޝަން

ފިލާވަޅަށް ދަރިވަރުންގެ ޝައުގުވެރިކަން ހޯދުމުގައިވެސް މުދައްރިސުގެ ނޮންވަރބަލް ބިހޭވިއަރ މުހިއްމު ދައުރެއް އަދާކުރާތީވެ ޓީޗަރުންގެ މޫނު ފެނުން މުހިއްމުކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިވެއްޖެ އެވެ.

މޫނުބުރުގާ އަޅައިގެން އުޅޭ ޓީޗަރުންގެ މޫނު ދަރިވަރުންނަށް ފެނަންޖެހޭ ކަމަށް އެޑިޔުކޭޝަންގެ އުސޫލުގައި އޮންނާތީވެ މިފަހަކުން އަނެއްކާވެސް މިވަނީ މޫނު ބުރުގާގެ މައްސަލަ ފެންމަތިވެފަ އެވެ.

މޫނުބުރުގާ އަޅައިގެން ސްކޫލުތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވަނީ ޖަނަވަރީ 2019 އިން ފެށިގެންނެވެ. އޭގެ ކުރިން ސްކޫލުތަކުގައި މޫނުބުރުގާ އަޅައިގެން މަސައްކަތް ކުރުމަކީ މަނާ ކަމެކެވެ. މިކަން ފާހަގަކޮށް އެޑިޔުކޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، މޫނުބުރުގާ އަޅައިގެން ކިޔަވައިދޭން ބޭނުންވާ މުދައްރިސުންނަށް އެ ފުރުޞަތު ފަހިކޮށްދެވިފައިވަނީ، ކިޔަވައިދޭ ވަގުތު ދަރިވަރުންނަށް މޫނު ފެންނާނެހެން ތިބޭގޮތަށް ކަމަށެވެ.

"އެހެނީ ލޮލާއި އަނގައާއި މޫނުމަތީގެ އިޝާރާތްތަކަކީ މުވާސަލާތު ކުރުމުގައި ޒަރޫރީ ކަންކަމަށްވެފައި، ކިޔަވައިދޭ ފިލާވަޅު ދަރިވަރުންނަށް ފަހުމުވުމުގައި މިދެންނެވިފަދަ އިޝާރާތްތައް މުހިއްމު ދައުރެއް އަދާކުރާތީއެވެ. އަދި ފިލާވަޅަށް ދަރިވަރުންގެ ޝައުގުވެރިކަން ހޯދުމުގައިވެސް މުދައްރިސުގެ ނޮންވަރބަލް ބިހޭވިއަރ މުހިއްމު ދައުރެއް އަދާކުރާތީއެވެ.

މީގެ އިތުރުން،  މިގޮތަށް އަންގާފައިވަނީ ދަރިވަރުންނަށް އުނގަންނައިދިނުމުގައި މޫނުމަތީގެ ޙަރަކާތްތަކަކީ ނުހަނު ބޭނުންތެރި ވަޞީލަތަކަށްވުމާއި، ޓީޗަރުންގެ މޫނުމައްޗަށް ގެނެވޭ އެކިއެކި ޙަރަކާތްތަކުން ފިލާވަޅު ދަރިވަރުންނަށް ފަހުމުވުމުގައި އެހީއަކަށްވާކަމަށް ތަޖުރިބާކާރުންނާއި މާހިރުން އިއްތިފާޤުވާތީ، އެ ފުރުޞަތުން ދަރިވަރުން މަޙުރޫމުވިޔަ ނުދިނުމަށްޓަކައި ކަމަށް އެޑިޔުކޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެޑިޔުކޭޝަނުން އިތުރަށް ބުނީ، ފިލާވަޅު ރަނގަޅަށް ދޭހަވުމުގައި ދަރިވަރުންނަށް މުދައްރިސުގެ މޫނުގެ އިޝާރާތްތަކާއި ނޮންވަރބަލް ބިހޭވިއަރ ކޮންމެހެން ފެނުން ލާޒިމްކަމުގައި ވީނަމަވެސް މި ދުވަސްވަރު މުދައްރިސުން ކިޔަވައިދިނުމުގައި މާސްކު އަޅަން އަންގާފައިވަނީ ސިއްޙީގޮތުން ދިމާވެފައިވާ ޚާއްޞަ ޙާލަތަކާ ގުޅިގެން މަޖްބޫރީ ޙާލަތެއް މެދުވެރިވުމުން ކަމަށެވެ.

މިލިޔުން ކިޔާލުމުން
24
ގުޅުންހުރި ލިޔުންތައް

5 Responses

  1. މުންޖިޗޭ

    މިއީ ކީއްކުރަން މިނޫހުގައި އިން ބޮކްސެއް! މީގަލިޔާ ކޮމެންޓެއް ދުވަހަކު ގެނެސްދޭތަނެއް ނުފެނޭ. މި ގޮޅި މިތަނުން ބަހާލަންް ފެނޭ. ނަމެއްގަ މިކަހަލާ ގޮޅިއެއް ހުންނާކަށް ނުޖެހޭ.

  2. މުންޖިޗޭ

    ހުސް ޔަހޫދީ ވާހަކަ! ކޮންކަމަކަށް ކާކު ޝައުޤުވެރިކުރަންތާ ޢައުރަ ނިވާނުކޮށް ތިހުންނަނީ.

  3. އަހުމަދު

    އޮރިއާން ދެއްކުމުން މާޝައުގުވެރިވާނެ ދަރިވަރުންނެއްނޫނަކަސް

  4. ާަަަަ އާއިޝާ

    Dhen ehen vee iru mask alhuagen ulheniyyo mihira gamaaraa

  5. މީހެއް

    Mihaaru emmen thibeny mask alhaigen. Burugaa alhaa konme meehaku hunnany mask elhuma moonuburugaa akah badhaluvefa. Migothah kiyavaidhinad ok.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ