ކަލާފާނު އަދި ގުރައިދޫ ސްކޫލް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އެފް.އޭ.އެމް

އިންޓަރސްކޫލް ފުޓްބޯޅަ މުބާރާތުގައި ހިނގާދިޔަ ކަންކަން އެޑިޔުކޭޝަނުން ކުށްވެރިކޮށްފި

އިއްޔެ ކުޅުނު 17 އަހަރުން ދަށުގެ އިންޓަރސްކޫލް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުގައި ހިނގާދިޔަ ކުޅިވަރުގެ ރޫހާ ޚިލާފުކަންތައްތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުށްވެރިކޮށްފިއެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން އިންތިޒާމްކުރި އެ މުބާރާތުގެ ފުރަތަމަ މެޗުގައި، މެޗުނިމުމުން ދަނޑަށް އަރައި، ސަޕޯޓަރުންތަކެއް ކުޅިވަރުގެ ރޫޙާ ޚިލާފު ޢަމަލުތަކެއް ހިންގާފައިވާ ކަމަށެވެ.

"މިފަދަ މުބާރާތްތަކަކީ ކުޅިވަރުގެ ހުނަރުގެ އިތުރުން، ދަރިވަރުންގެ ކިބައިގައި އިޖުތިމާޢީ އަދި އަޚްލާޤީ ރިވެތި ސިފަތައް އަށަގެންނެވުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ހަރަކާތްތަކެއް." އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

މަސްލަހަތު ގެއްލުނީ މެޗު ނިމުނު ފަހުން

އެ މިނިސްޓްރީން ވިދާޅުވީ، މުބާރާތުގައި އެކި ހައިސިއްޔަތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ފަރާތުންވެސް ރިވެތި ނަމޫނާ ފެނިގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

" އިއްޔެގެ މެޗު ނިމުމުން ސަޕޯޓަރުން ހިންގި ކުޅުވަރުގެ ރޫހާ ޚިލާފު ޢަމަލުތައް މިމިނިސްޓްރީން ހަރުކަށި އިބާރާތުން ކުއްވެރިކުރަން." އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

އިއްޔެގެ މެޗުގައި ހިނގިފަދަ ކުޅިވަރުގެ ރޫހާ ޚިލާފު ޢަމަލުތައް ދަރިވަރުންގެ ކުރިމަތީގައި ތަކުރާރު ނުކުރުމަށް އެޑިޔުކޭޝަނުން އިލްތިމާސްކުރައްވައެވެ.

އިއްޔެ ކުޅުނު މި މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ކ.ގުރައިދޫ އަދި ކަލާފާނު ސްކޫލެވެ. މި މެޗު 1-2 އިން ކަލާފާނު ސްކޫލުން ކާމިޔާބުކުރިފަހުން ބައެއް ސަޕޯޓަރުން ދަނޑަށް އަރައި ރެފްރީއަށް ހަމަލާދޭން މަސައްކަތްކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ