މާފުށި ޖަލު - ފޮޓޯ: އަވަސް

މިއަދާއި މިރޭވެސް ޖަލުގައި ހަމަނުޖެހުމެއް ނުހިނގާ - ކަރެކްޝަންސް

މިއަދާއި މިރޭވެސް މާފުށީ ޖަލުގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާކަމަށް މާފުށީ ޖަލު ހިންގަމުންދާ ކަރެކްޝަންސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ކަރެކްޝަންސް އިން މިކަން ހާމަކުރައްވާފައި ވަނީ ކުރު ޓްވީޓަކުންނެވެ. ކަރެކްޝަންސް އިން މިހެން ވިދާޅުވިއިރު، މާފުށީ ޖަލުގައި މުޒާހަރާކުރާކަމަށް ބުނާ ވީޑިއޯތަކެއް ލީކުވެ، މީޑިއާތަކުގައި އެކަން ރިޕޯޓްކޮށްފައިވެއެވެ.

"މިއަދާއި މިރޭ ވެސް މާފުށީ ޖަލުގައި އެއްވެސް ބާވަތެއްގެ ހަމަނުޖެހުމެއް ހިނގަމުން ނުދޭ. މީސްމީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯއަކީ ކުރީގެ ތާރީޚެއްގެ ވީޑިޔޯއެއް." ކަރެކްޝަންސްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މާފުށީ ޖަލުގައި މިރޭ މުޒާހަރާކުރި ޚަބަރު ކަރެކްޝަންސް އިން ދޮގުކުރިއިރު، ބައެއް މަޖިލިސް މެންބަރުނ ވިދާޅުވެފައިވަނީ، ޖަލުގައި އަނިޔާކޮށްފައިަވނީ ގައިދީ ފަހަތަށް ބިޑިއަޅުވައި، މޫނުވެސް ނިވާކޮށްގެން ކަމަށެވެ.

މިމަހުގެ 20 ވަނަ ދުވަހު ޖަލުގައި ހިނގި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ޚާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރިކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެފައިވާއިރު، އެ މައްސަލަ މާދަމާ ރައްޔިތުންގެ މަޖިލީހުންވެސް ބެލުމަށް ވަނީ ތާވަލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް