ރަފެލްސް މޯލްޑިވްސް ރިސޯޓް ކައިރީ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ރަފެލްސް މޯލްޑިވްސް ރިސޯޓު ކައިރީ އޮތް ލޯންޗެއްގައި އަލިފާން ރޯވެފައިވާކަމަށެވެ. އަދި އެ ލޯންޗްގައި އަލިފާން ރޯވުމުން ތިނަދޫ ފަޔާ ސްޓޭޝަނުން މިހާރު ހަރަކާތްތެރި ވަމުންދާ ކަމަށް ވިދާޅުވިއެވެ.
ފޮޓޯ އިން ފެންނަ ގޮތުގައި ލޯންޗްގެ ބޮޑު ބައެއްގައި އަލިފާން ވަނީ ރޯވެފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަން އަދި ސާފުވެފައެއް ނުވެއެވެ.




