ފުވައްމުލަކު ސިޓީގެ ވީދަނޑުގައި އަލިފާން ރޯވެ ގެއްލުންވެއްޖެއެވެ.
ފުވައްމުލަކު ފުނާޑު އަވަށުގެ ވީދަނޑުގައި އަލިފާން ރޯވެފައިވަނީ މިއަދު އިރުއޮއްސި 06:00 ހާއިރުއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އިރުއޮއްސުނުއިރު ރޯވި އަލިފާންގަނޑު ނިއްވާލެވިފައިވަނީ މިރޭ 08:00 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވިނަމަވެސް އެ ސަރަހައްދުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުނަތަކެއް ލިބިފައިވެއެވެ.