ދިވެހި ޤައުމީ ދިފާއީ ބާރުގެ ހަތިޔާރު ގުދަނުގައި ހުރި ހަތިޔާރުގެ ތަފްސީލުތައް އަވަށްޓެރި އިންޑިއާގެ ސިފައިން ހޯދާފައިވާކަމަށް، ސިފައިންގެ ކުރީގެ ކާނަލް އަހްމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) ތުހުމަތު ކުރައްވައިފިއެވެ.
ފޭސްބުކް ލައިވްކޮށް ރޭ ފަޔާޒް ވިދާޅުވީ، އަދުގެ ސަރުކާރުން ވެރިކަމަށް އަންނަން އަވަށްޓެރި އިންޑިއާ އާއެކު 2017 ވަނަ ދުވަހު ހެދި އެއްބަސްވުމުގެ ދަށުން އެމްއެންޑީއެފް ޑައުންގްރޭޑްކޮށް، ކުޑަކޮށްލާފައިވާ ކަމަށާއި، އިންޑިއާގެ ނިޒާމުގެ ތެރެއަށް ރާއްޖެ ލާން އެއްބަސްވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ރާއްޖޭގެ ކަންކަން ހިންގަނީ އިންޑިއާއިން ކަމަށް ފަޔާޒް ތުހުމަތު ކުރެއްވިއެވެ.
ފަޔާޒް ވިދާޅުވީ، އިހަށްދުވަހަކު އިންޑިއާ އެމްބަސީގައި ތިބި އެގައުމުގެ ސިފައިން، އެމްއެމްޑީއެފްގެ އާމަރީގެ ތެރެއަށްވެދެ އެތަނުގައި ހުރި ހަތިޔާރުގެ ތަފްސީލު އެއްކޮށްފައިވާ ކަމަށެވެ.
"އިއްޔެ ނޫން އިހަށްދުވަހު އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ އިންޑިއާގެ މީހުން، އިންޑިއާ އެމްބަސީގައި ތިބި އިންޑިއާ ސިފައިންގެ މީހުން އައިސް އެމްއެންޑީއެފްގެ އާމަރީ ތެރެއަށް ވެދެ އެތަނުގައި ހުރީ ކޯއްޗެއްތޯ ބަލައި، އެތަނުގައި ހުރީ ކޮން އަދަދެއްތޯ ބަލައި، މި ހުރިހާ ސަކަރާތެއް ޖެހީ. ފުރަތަމަ ޔުނީފޯމްގައި އައީ، އައިސް އެތެރެއަށްވެދެ އެމީހުން އެތާ އުޅެލާފައި ގޮސް ދެން އައީ ކުލަ އެއްޗެހީގައި. ކުލަ ހެދުމުގައި އައިސް މިކަން މި ކުރީ." އެމްއެންޑީއެފްގެ ބަޑި ގުދަނާ ކުރިން ހަވާލުވެހުންނެވި ފަޔާޒް ވިދާޅުވިއެވެ.
ފަޔާޒް ވިދާޅުވީ، އިންޑިއާ ސިފައިން އެކުރި ކަމަކީ އެމްއެންޑީއެގެ އާމަރީގައި މަސައްކަތްކުރާ ކޮންމެ ކޮންމެ މުވައްޒަފަކަށްވެސް ނުކުރެވޭފަދަ ކަންކަން ކަމަށެވެ.
"އެމްއެންޑީއެފް މީހުންނަށްވެސް އެތާ އެތެރެއަކަށް ނުވަދެވޭނެ ކޮންމެ ކޮންމެ މީހަކަށް އިނގޭތޯ. އެތާ މުވައްޒަފުންނަށްވެސް، އާމަރީގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް ވަދެވޭ ވަކި ހިސާބުތަކެއް ހުންނާނެ. އެހެންނަމަވެސް މި އިންޑިއާ މީހުން އެތާ ހުރީ ކޯއްޗެއްތޯ ބަލައި، ހުރިހާ އަދަދަކާ އެއްޗެހި ބަލައި. މިއީ ކިހާ ބޮޑު މައްސަލައެއްތޯ!" ނުރުހުން ފާޅުކޮށް ފަޔާޒް ރޭ ވިދާޅުވިއެވެ.
ފަޔާޒް ވިދާޅުވީ، މިފަދަ ކަންކަމަކީ އެމްއެންޑީއެފްގެ ބޭފުޅުންވެސް ކަންބޮޑުވެ ބިރުގަންނަންޖެހޭފަދަ ކަމެއް ކަމަށެވެ. އަދި ސިފައިގެ ވެރިންނަށް ފަޔާޒަ ފާޑުވިދާޅުވެލެއްވިއެވެ.
"ޤައުމީ ސަލާމަތަށް ޤައުގެ ސިޔާދަތާއި މިނިވަންކަން ގެއްލޭނީ މިހާވަރަކަށް. އެހެންވީމަ މިކަމާ އަޅުގަނޑު ވަރަށް ކަންބޮޑުވަން. ގައިމުވެސް އެންމެ މަތިން ފެށިގެން އެންމެ ތިރިއަށް ހައްދަ ލިބިގެން ނޫނީ މިކަމެއް ނުކުރާނެ. އެހެންވީމަ މި ޣައްދާރު ޝަމާލުމެންގެ ހުރި ވިޔާނުދާކަމާއި، ހަސީލަތް ނުބައިކަން މީގެން މިއެނގެނީ. މީ ކޮންމެ އެމްއެންޑީއެފް މީހަކުވެސް ބިރުގަންނަންޖެހޭ ކަމެއް. ކޮންސާންވާންޖެހޭ ކަމެއް." ފަޔާޒް ވިދާޅުވިއެވެ.
ފަޔާޒް އިތުރަށް ވިދާޅުވީ، ކަންކަން މިހާރު މިހިނގަމުންދާގޮތުން އެމްއެމްޑީއެފްގެ ބޭފުޅުންނަށް ވަޒީފާގެ ޔަޤީންކަންވެސް ނެތްކަމަށެވެ.
"މާދަމާ ތިބޭފުޅުންގެ ވަޒީފާވެސް އަޅުގަނޑުމެންނަކަށް ނޭނގެ އޮންނާނެކަމެއް. ޖޫން އެކެއްގައި މިދެންނެވީ އަޅުގަނޑު މިދެންނެވީ ބައްލަވާ ބޮޑު ލިސްޓެއް ހަދާފައި އޮތީ. މީހުން ނަމުގައި ތިޓަޔަރ ކުރުމާއި މިކަންކަން ކުރަން މިއޮތީ ބޮޑު ލިސްޓެއް ހަދާފައި." ފަޔާޒް ވިދާޅުވިއެވެ.
މިކަމާއި ގުޅޭގޮތުން އެމްއެންޑީއެފް އާއި "ފެށުމުން" ސުވާލުކުުރުމުން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.




ހިޔާލު
Difaaee baaruge vaahaka haama kuran hunnaane meehaku ayyanukohfa.tihen magaamuge dahivetikamuge adeh divehinneh naahaane.indiyaa divehinnakah adi gaddaaru kameh dakkaifakaneh.viyyaa ވެފަ އޮތީ އެހީ