ބިޑި އަޅުވާފައި ޕެޕަރ ސުޕްރޭ ޖެހި ވާހަކައަކީ ދޮގެއް - ކޮމިޝަނަރ

ބިޑި އަޅުވާފައި ޕެޕަރ ސުޕްރޭ ޖެހި ކަމަށް މީޑިއާގައި ދައުރުވި ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަން އަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.

މުނާޒު މިހެން ވިދާޅުވީ ކ.މާފުށީ ޖަލުގައި ހިނގާދިޔަ ހަމަނުޖެހުމާ ގުޅިގެން، އެކަން ހިނގާދިޔަގޮތް ދިރާސާ ކުރުމަށް ބާއްވާ، ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި މަޖިލިސް މެންބަރެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަބްދުﷲ މުނާޒް ވިދާޅުވީ، މާފުށީ ޖަލުގައި ބުރާސްފަތި ދުވަހު ހިނގާދިޔަ ހާދިސާގައި ޖަލުގައިތިބި ގައިދީންގެ އަތުގައި ބިޑި އެޅުވުމަށްފަހު ޕެޕަރ ސްޕްރޭ ޖަހާފައި ނުވާކަމަށެވެ.

މުނާޒް ވިދާޅުވީ، މިއަދު ހެނދުނު ޖަލަށް ވަޑައިގެން އެންމެ ފުރަތަމަ ހަމަނުޖެހުން ހިނގި އަދި އެންމެ ބޮޑަށް އަނިޔާވި ޤައިދީންނާ ބައްދަލުކޮށް ޞައްޚަ މަޢުލޫމާތު އޮޅުންފިލުވާފައިވާ ކަމަށެވެ. އެ ޖަމަނުޖެހުން ހިނގި ގޮޅީގައި ތިބި ދެ ޤައިދީންނާ ސުވާލުކުރުމުން، ބިޑި އަޅުވާފައި ޕެޕަރ ސްޕްރޭ ޖަހާފައި ނުވާކަމަށް ބުނެފައިވާ ކަމަށެވެ.

މުނާޒް ވިދާޅުވީ، ޕެޕަރ ސްޕްރޭ ޖަހާފައިވަނީ، އެ ގޮޅިއަށް އީއެސްޖީ އިން ވަންނަމުން ކަމަށާއި، ޕެޕަރ ސްޕްރޭ ޖަހާފައިވަނީވެސް 3 ފަހަރަށް ވަރނިން ދިނުމަށްފަހު ޤައިދީން ފަހަތަށް ނުޖެހުމުން ކަމަށް ކަމަށެވެ.

އިތުރަށް މުނާޒް ވިދާޅުވީ، ޤައިދީންގެ ޖިންސީ ގުނަވަންތަކަށް ޕެޕަރ ސްޕްރޭ ޖެހިކަމަށް ދެކެވޭ ވާހަކައަކީވެސް ދޮގެއް ކަމަށެވެ.

ޖިންސީ ގުނަވަންތަކަށް ޕެޕަރ ސްޕްރޭ ޖެހި ވާހަކައާއި، ޕްޕަރ ސްޕްރޭ ޖެހިއިރު ބިޑި އަޅުވާފައި ހުރި ވާހަކަ ކޮމިޝަނަރ އޮފް ކަރެކްޝަންސް އިން ދޮގުކުރެއްވިއިރު، އެކަންކަމާ މެދުގައި އިދިކޮޅު ކޮންގްރެސް ޕާޓީން ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް