ރ އަތޮޅުގެ 14 ޞިއްޙީމަރުކަޒު އުނގޫފާރު ހޮސްޕިޓަލްގެ ބޯޑުގެ ދަށަށް!

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް މިއަދު އެކުލަވައިލައްވައި، އެ ބޯޑަށް ރައީސް ޞޯލިޙް މެންބަރުން ޢައްޔަންކުރައްވައިފިއެވެ.

އުނގޫފާރު ހޮސްޕިޓަލްގެ ބޯޑު މެންބަރުކަމުގެ މަޤާމަށް ހަ ބޭފުޅަކު މިއަދު ޢައްޔަންކުރެއްވިއިރު، މި ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވީ އަލްފާޟިލް މުޙައްމަދު ސާމިޢު އެވެ.

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް

1. އަލްފާޟިލް މުޙައްމަދު ސާމިޢު (އެމްޓޭޝަންގެ، ރ.މަޑުއްވަރި)
2. ޑޮކްޓަރ ޙައްވާ ޢިނާޔާ ޢަބްދުއްރަޙީމް (އަލަމާގެ، ތ.ވިލުފުށި)
3. އަލްފާޟިލާ ފާތިމަތު ނަޝީދާ މުޙައްމަދު (މ.މުތާފުށި ، މާލެ)
4. އަލްފާޟިލް ޢަލީ އިބްރާހީމް (ފައިވްސްޓަރ، ރ.ދުވާފަރު)
5. އަލްފާޟިލް އާދަމް މާހިރު (މެޑޯޒް، ރ.އަލިފުށި)
6. އަލްފާޟިލް މޫސާ ޢުމަރުމަނިކު (ޗަބޭލީގެ، ރ.ފައިނު)

މިބޯޑު އުފެއްދެވުމާގުޅިގެން މިއަދުން ފެށިގެން ރ.އަތޮޅުގައިވާ ސަރުކާރުގެ 14 ޞިއްޙީ މަރުކަޒު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ދަށުން ބެލެހެއްޓެވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ