2 ހަފްތާއަށްފަހު އުނގޫފާރު މޮނިޓަރިންގ ހާލަތުން ނަގައިފި

2 ހަފްތާއަށްފަހު ރ. އުނގޫފާރު މޮނިޓަރިންގ ހާލަތުން ނަގައިފިއެވެ.

އުނގޫފާރު މޮނިޓަރިންއަށް ލާފައިވަނީ އެރަށުން ކަރަންޓީންގައި ނެތް އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެއީ މިދިޔަމަހުގެ 19 ވަނަ ދުވަހުއެވެ.

އަދި އޭގެފަހުން އެރަށުން ކޮވިޑުގެ އިތުރު ކޭސްތަކެއް ރަށުގައި އުޅޭތޯ ބެލުމަށް ގިނަ ސާމްޕަލްތަކެއް ނަގާފައިވާއިރު، އެރަށު ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އެ ރަށުން 700 އަށްވުރެ ގިނަ ސާމްޕަލް ވަނީ ނަގާފައެވެ. އެގޮތުން ޖުމްލަ 761 ސާމްޕަލް އެ ރަށުން ނަގާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް ޕޮޒިޓިވްވެފައިވަނީ އެންމެ 7 މީހުންނެވެ.

އެ ރަށް މޮނިޓަރިން އިން ނަގާފައިވާއިރު، އެ ރަށުން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްއެއް ނުފެންނަތާ 12 ދުވަސް ވަނީ ވެފައެވެ.

ކޮވިޑް-19 ގެ ކޭސްތައް ފެނި ރާއްޖޭގެ 16 ރަށެއް މިވަގުތު މޮނިޓަރިންގގައި އޮތްއިރު، އެރަށްތަކަކީ ދ.ކުޑަހުވަދޫ، ދ.މީދޫ، ކ.ހުރާ، ކ.ދިއްފުށި، ޅ.ނައިފަރު، ރ.މަޑުއްވަރި، ހުޅުދުއްފާރު، ޅ.ނައިފަރު، ޅ.ހިންނަވަރު، ރ. އަލިފުށި، ގދ.ތިނަދޫ، ޅ.އޮޅުވެލިފުށި، ނ.ހޮޅުދޫ، ރ.މާކުރަތު، ޅ.ކުރެންދޫ އަދި ށ.މަރޮއްޓެވެ.

https://feshun.wonstasite.com/116350

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ