މާފުށީ ޖަލުގައި ނުރައްކާތެރި ކުއްވެރިން ބަންދުކޮށްފައި ތިބޭ ޔުނިޓް ދެއެއްގެ ގޮޅިތަކުގައި ހަރުކޮށްފައިހުރި ސެކިއުރިޓީ ކެމެރާތައް ހަލާކުކޮށްލައި، ޖަލުގައި ޑިއުޓީ ކުރަމުންދިޔަ ކަރެކްޝަންސްގެ އޮފިސަރުން ގަޔަށް މިރުސް ފެންޖަހައިފިއެވެ.
އިތުބާރުހިފޭ ތަރާތަކުން "ފެށުން" އަށް މަޢުލޫމާތު ދެއްވި ގޮތުގައި މިރޭގެ ވަގުތެއްގައި ކެމެރާތައް ހަލާކުކޮށްލާފައިވަނީ މާފުށީ ޖަލުގައި ޖަލުގެ ޔުނިޓް-2 ގެ ގޮޅިތަކުގައެވެ. އެ ޖަލުގައި ކެމެރާ ހަރުކޮށްފައި ހުންނަނީ އެ ޔުނިޓްގެ ގޮޅިތަކުގައެވެ.
ޔުނިޓް ދެއެއްގައި 13 ގޮޅި ހުންނައިރު، އެތަނުން ދެ ގޮޅި ފިޔަވާ ހުރިހާ ގޮޅިތަކުގައި ހަރުކޮށްފައިހުރި ކެމެރާތައް ޤައިދީން މިރޭ ހަލާކުކޮށްލާފައިވާކަމަށް މިނޫހަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
ޔުނިޓް-2 ގެ ގޮޅިތަކަކީ މަރުގެ މައްސަލަތަކާއި، ނުރައްކާތެރި މާރާމާރީ އަދި ހައި-ޕްރޮފައިލްގެ ނުރައްކާތެރި ކުށްވެރިން ބަންދުކޮށްފައި ތިބޭ ތަނެވެ. އެއިން ކޮންމެ ގޮޅިއެއްގައި އާއްމު ގޮތެއްގައި ދެ ޤައިދީން ބަންދުކޮށްފައި ބަހައްޓައެވެ.
"އެގޮޅިތަކުގެ ކެމެރާތައް ހަލާކުކޮށްލާފައިވާއިރު، ބައެއް ޔުނިޓްތަކުން ކަރެކްޝަންސްގެ އޮފިސަރުން ގަޔަށް މިރުސް ފެނާއި އެހެން ތަކެތި އުކި. އޭގެ ތެރޭގައި ފެނުގެ ތެރެއަށް މޫވް ސްޕްރޭ އެއްކޮށްފައިވެސް ޖަހާފައިވޭ." ނަން ހާމަކުރަން ނޭދޭ އިތުބާރުކުރެވޭ މަސްދަރަކުން ބުންޏެވެ.
މާފުށީ ޖަލުގެ ޚާލަތު ގޯސްވަމުންދާއިރު، ބައެއް ގޮޅިތަކުން ތޫނުކޮށްފައިވާ ދަގަނޑުބުރިތައް އޮފިސަރުންނަށް ފެނިފައިވީ ނަމަވެސް އިމަޖެންސީ ސަޕޯޓް ގުރޫޕް (އީއެސްޖީ) ގޮޅިތަކަށް ވަނުން މަނާކޮށްފައިވުމުން އެތަކެތި އަތުލައިގަނެފައި ނުވާކަންވެސް މިނޫހަށް ވަނީ އެނގިފައެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަށް ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބުދެއްވާފައި ނުވާތީވެ ކަރެކްޝަންސްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.
މާފުށީ ޖަލުގައި ނުރައްކާތެރި ކުއްވެރިން ބަންދުކޮށްފައި ތިބޭ ޔުނިޓް ދެއެއްގެ ގޮޅިތަކުގައި ހަރުކޮށްފައިހުރި ސެކިއުރިޓީ ކެމެރާތައް ހަލާކުކޮށްލައި، ޖަލުގައި ޑިއުޓީ ކުރަމުންދިޔަ ކަރެކްޝަންސްގެ އޮފިސަރުން ގަޔަށް މިރުސް ފެންޖަހާފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހަށްފަހު ޖަލުގެ ޚާލަތު ގޯސްވަމުންދާކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.





6 Responses
މިހާރު ESG ބޭޭނުމެއް ނުވާނެ. އިމްރާނާއި މުނާޒު ވަދެ ކޮންޓްރޯލް ކުރާނެ. ހާސްނުވޭ.
Buhfulhi jahsany.
Islaamee shareeathugai vaagotha adhabu dheynama thihaa baivaru gaidheen thakei jalugai bahattaaka nujeheyne.
Aaan thivany aharun buni goh dhuvaskolhakun polihun thibeynee golheega gaidheen thibeynee jalu balahattan #gaumugehaalath ?
Hama kandaelhigen bodu dhogu fathuraa baeh..el***amen amihllayah mithaa thibi meehunnah aniyaa kuranvegen jahsaa game
Jalu balahattani police eh noon.