މާފުށި ޖަލު - ފޮޓޯ: އަވަސް

ކަރެކްޝަންސްގެ އޮފިސަރުން އިޚްތިޖާޖުކުރަން ތައްޔާރުވެއްޖެ

މާފުށީ ޖަލުގެ ޚާލަތު ގޯސްވެ، ޑިއުޓީކުރާ ކަރެކްޝަންސްގެ އޮފިސަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވިފައި ނުވާކަމަށްބުނެ ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން އިޙްތިޖާޖުކުރަން ތައްޔާރުވެއްޖެއެވެ.

އިތުބާރުހިފޭ ތަރާތަކުން "ފެށުން" އަށް މަޢުލޫމާތު ދެއްވި ގޮތުގައި, އޮފިސަރުން އިޙްތިޖާޖުކުރަން ނިންމާފައިވަނީ ޖަލު އޮފިސަރުންގެ ފުރާނައަށް ނުރައްކާވާ މިންވަރަށް ޖަލުގެ ޚާލަތު ވެއްޓުމާއި ގުޅިގެން ކަމަށެވެ.

"މާދަމާ ހެނދުނު ޑިއުޓީއަށް ދާ އޮފިސަރުން ގޮސްގެން ނަމަވެސް ޔުނިޓް-4 ގައި އޮތް ތޫނު ދަގަނޑު ނަގަން މަސައްކަތް ކުރާނަން. އެވަރުން ދަގަނޑު އަތު ނުލެވިއްޖެއްޔާ މާދަމާ ޖަލުގެ ޑިއުޓީއަށް އޮފިސަރުން ނުނިކުންނާނެ." ނަން ހާމަކުރަން ނޭދޭ މަޢުލޫމާތު ރަނގަޅަށް އެނގޭ ފަރާތަކުން ބުންޏެވެ.

އޮފިސަރުން އިޙްތިޖާޖުކުރަން ނިންމާފައިވަނީ، ޔުނިޓް-4 އިން އޮފިސަރުންނަށް ދެފަހަރު މަތިން އިންޒާރުދިނުމަށް ބޭނުންކުރި ތޫނު ދަގަނޑުބުރި ނެގުމަށް އީއެސްޖީ އެޔުނިޓަށް ވަނުމަށް ޖަލުގެ ވެރިން ހުއްދަދީފައި ނުވާތީއާއި، ޖަލުގެ ޚާލަތު މިހެން އޮތްހިނދު ސަތޭކައަށްވުރެ ގިނަ ޤައިދީން ބައިތިއްބާ ޔުނިޓްތަކަށް އެކެއް ނުވަތަ ދެ އޮފިސަރުން ދާން ޖެހުމުން އޮފިސަރުންގެ ސަލާމަތްތެރިކަން ކަށަވަރު ނުވާތީކަމަށް މިނޫހަށް އެނގިފައިވެއެވެ.

މާފުށީ ޖަލުގެ 5 އަދި 6 ގައި 105 ޤައިދީން ބައިތިއްބާފައިތިބޭއިރު، ޔުނިޓް 7 އަދި 8 ގައި 40 ޤައިދީން އަދި ޔުނިޓް 9 ގައި 200 ޤައިދީން ބައިތިއްބާފައި އެބަހުރިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި އެ ޔުނިޓްތަކަށް ޖަލު އޮފިސަރުން ދުވާލަކު އެތައް ފަހަރަކު ގޮސް ބޯގުނައި، ޤައިދީން ވައްދައި ނެރެންޖެހޭއިރު، އެކަމުގައި ބައިވެރިވަނީ އެންމެ އޮފިސަރެއް ނުވަތަ ދެ އޮފުސަރުން ކަން އެނގިފައިވެއެވެ.

ޖަލުގެ ކަންކަން ގޯސްވެ ޑިއުޓީ އޮފިސަރުން އަމިއްލައަށްވެސް މާފުށީ ޖަލު އެލާޓަށް ގެނެސްދިނުމަށް ޖަލުގެ ވެރިންގެ އަރިހުން އެދިފައިވާ ކަމަށާއި، ނަމަވެސް ވެރިން ހުއްދަ ނުދެއްވައިގެން ޖަލު އެލާޓް ނުކުރެވި، އީއެސްޖީއަށް ހަރަކާތްތެރި ނުވެވި، ޖަލު އޮފިސަރުން އެކަނިމައިއެކަނި އެހާލަތުގައި އެހާ ގިނަ ޤައިދީން ބައިތިއްބާފައިތިބޭ ޔުނިޓްތަކަށް ވަނުމަށް އޮފިސަރުންވެސް ފަސްޖެހޭކަން މަޢުލޫމާތު ހިއްޞާކުރި ބައެއް ފަރާތްތަކުން ބުންޏެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޖަލުގެ ކަންކަން ރަނގަޅު ނުވާކަމަށްވާނަމަ، ޤައިދީން ޑޮކްޓަރަށް ދެއްކުމަށް މާލެ ގެންދިއުމުގައި ހަރަކާތްތެރިވާ އެސްކޮޓް ޓީމުންވެސް މި އިޙްތިޖާޖުގައި ބައިވެރިވުމަށް ދަނީ ތައްޔާރުވަމުންނެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަށް ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބުދެއްވާފައި ނުވާތީވެ ކަރެކްޝަންސްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

ޖަލު އޮފިސަރުން އިޚްތިޖާޖަށް ތައްޔާރުވެފައިވާއިރު، މިރޭ މާފުށީ ޖަލުގެ ޔުނިޓް-2 ގައި ނުރައްކާތެރި ކުށްވެރިން ބަންދުކުރާ 11 ގޮޅިއެއްގެ ސެކިއުރިޓީ ކެމެރާތައް ވަނީ ހަލާކުކޮށްލައި، އޮފިސަރުން ޖަޔަށް މިރުސް ފެންޖަހާފައެވެ.

މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތި ދުވަހު ޖަލު އޮފިސަރަކަށް ދަގަނޑުބުރިއަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާއިރު، އެ މައްސަލަ ހައްލުކުރުމަށް ހަރަކާތްތެރިވި އީއެސްޖީގެ ޓީމުން ޚާލަތާ ނުބައްދަލު ބާރު ބޭނުންކުރިކަމަށް ހޯމް މިނިސްޓްރީން ބުނެފައިވާއިރު، އީއެސްޖީ ކޮމާންޑަރ ވަނީ ސަސްޕެންޑްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
4

ހިޔާލު

  1. Nubunan

    Officers ge rights nei. Dhen vazeefaa ah dhaane meehaku vaanetha. Thi balaaverikamaa hure mihaaru security service thakah kudhin vannan eyba jehilunvey. Mihaarun dhanchaa adhi thi masahkathah bidheyseen gennnan jeheyne.

  2. dhabarey

    rangalhah thi hadhanee. humanrights meehunah efnnanee hama ekani gaidheen. ehen meehun thalhaameriyas e rights eh noavey. kithanme dhathihaalugai insaanun ulhunas ekan ves balaeh nuganey. kandukosrights kiyya maa rangalhvaane.

    • މީހެއް

      A***a rights kiyaa… jalah dhanee meehunge hahgah ahraigen . Dhen kon rights eh kiyaakah… b*******a m****n v hama… esg gada

  3. usiwi

    gaidheen fundaala. f*** boan tha 15000 mahaku spendu kuraa r****nnah evarah balanee ??

  4. Haggu

    Kobaa ehkala hrcm, kuhverin noon v ma ok dhw. Kibaa home ministaru. Hallu kuraanamey kiyaafa nidhan nothakass nuvaane. Heylaa iru onnaanee dhivehi dharikau maraalaafa

  5. Officers

    ހަމަ އެކަނި ކުށްވެރިންގެ ވާހަކަ ދައްކާ ކުށްވެރިން ހިމާޔަތް ކުރާ ވެރިން އިސްތިއުފާ…

    11
  6. ޒަހީނު

    ކުއްވެރިން ހިމާޔައްކުރަން ކެނެރީގޭނަސީދު އެކު ރާމަސައްކަތްް ހަރު އަޑުން ކުއްވެރި ކުރަން

    32

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް