މާފުށީ ޖަލު - ފޮޓޯ: މިހާރު

މާފުށީ ޖަލުގެ ކަރެކްޝަންސް އޮފިސަރުން އިޙްތިޖާޖު ފަށައިފި

ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ކ.މާފުށީގައި ސަރުކާރުން ހިންގަމުންދާ "މާފުށި ޖަލު" ގައި މަސައްކަތްކުރާ ކަރެކްޝަންސް އޮފިޝަރުންގެ ފުރާނަ ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެން ޑިއުޓީކުރަން އިންކާރުކޮށް، އިޚްތިޖާކުރުމުގެ ގޮތުން ހެނދުނު ޑިއުޓީއާ ހަވާލުވާން އިންކާރުކޮށްފިއެވެ.

"ފެށުން" އާ ވާހަކަދެއްކި ނަން ހާމަކުރަން ނޭދޭ ކަރެކްޝަންސްގެ ގެ މުވައްޒަފަކު ބުނީ، މިއަދު ހެނދުނު މާފުށީ ޖަލުގެ ހެނދުނު ޑިއުޓީއަށް މިކުންނަންޖެހޭ ހުރިހާ އޮފިސަރުން ޖަލަށް އައި ކަމަށާއި، ނަމަވެސް ތޫނުކޮށްފައި އޮތް ތިން ފޫޓް ހުންނަވަރުގެ ދަގަނޑު ބުރިއަކުން އޮފިސަރުންނަށް ބިރުދައްކާފައި އޮތުމުން އެ ދަގަނޑުބުރި އެ ޔުނިޓުން ނެރެ ނުދެނީސް ޑިއުޓީއާ ހަވާލުވާން އިންކާރުކުރީ ކަމަށެވެ.

"ޖަލު އޮފިސަރުން ޑިމާންޑު ކުރަނީ ޔުނިޓް ހަތަރެއްގައި އޮތް ތޫނު ހަތިޔާރު (ދަގަނޑުބުރި) އެތަނުން ނެރެދިނުމަށް. ނަމަވެސް ރޭ މެންދަމު ވެރިންނަށް އެންގީމަވެސް މިއަދު ހެނދުނު ވީއިރުވެސް ދަގަނޑުބުރި ނެރެދީފައި ނުވާތީ (އީއެސްޖީއަށް އެތަކެތި ނެރެން ހުއްދަ ނުދޭތީވެ) އޮފިސަރުންގެ ސަލާމަތަށްޓަކައި 07:00 ގައި ފެށޭ ޑިއުޓީއާ ހަވާލުވާން އިންކާރު ކޮށްފައިވަނީ." ނަން ހާމަކުރަން ނޭދޭ ފަރާތަކުން ބުންޏެވެ.

މާފުށީ ޖަލަށް ހެނދުނު 07:00 ގައި ޑިއުޓީއަށް ނިކުންނަންޖެހޭ އޮފިސަރުން ޖަލަށް ހާޒިރުވި ނަމަވެސް، ރައްކާތެރިކަން ކަށަވަރު ނުކުރެވެނީސް ހެނދުނު ޑިއުޓީއާ ހަވާލުވާން އިންކާރުކޮށް އޮފިސަރުން އިހުތިޖާޖު ކުރަމުންދާއިރު، އޮފް ޑިއުޓީގައި ހުރި ކަރެކްޝަންސްގެ އޮފިސަރަކަށް މާފުށީ ތެރެއިން ވަނީ ހަމަލާދީފައެވެ.

މިކަމާ ގުޅިގެން ސުވާލުކުރުމުން ކަރެކްޝަންސްގެ މީޑީއާ އޮފިޝަލް ވިދާޅުވީ، ޖަލުގެ އޮފިސަރުން ޑިއުޓީއަށް ހާޒިރުނުވާކަމުގެ މަޢުލޫމާތު ލިބިފައި ނެތްކަމަށެވެ.

ރޭ މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޮފިސަރުން އިޙްތިޖާޖުކުރަން ނިންމާފައިވަނީ، ޔުނިޓް-4 އިން އޮފިސަރުންނަށް ދެފަހަރު މަތިން އިންޒާރުދިނުމަށް ބޭނުންކުރި ތޫނު ދަގަނޑުބުރި ނެގުމަށް އީއެސްޖީ އެޔުނިޓަށް ވަނުމަށް ޖަލުގެ ވެރިން ހުއްދަދީފައި ނުވާތީއާއި، ޖަލުގެ ޚާލަތު މިހެން އޮތްހިނދު ސަތޭކައަށްވުރެ ގިނަ ޤައިދީން ބައިތިއްބާ ޔުނިޓްތަކަށް އެކެއް ނުވަތަ ދެ އޮފިސަރުން ދާން ޖެހުމުން އޮފިސަރުންގެ ސަލާމަތްތެރިކަން ކަށަވަރު ނުވާތީއެވެ.

މާފުށީ ޖަލުގެ 5 އަދި 6 ގައި 105 ޤައިދީން ބައިތިއްބާފައިތިބޭއިރު، ޔުނިޓް 7 އަދި 8 ގައި 40 ޤައިދީން އަދި ޔުނިޓް 9 ގައި 200 ޤައިދީން ބައިތިއްބާފައި އެބަހުރިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި އެ ޔުނިޓްތަކަށް ޖަލު އޮފިސަރުން ދުވާލަކު އެތައް ފަހަރަކު ގޮސް ބޯގުނައި، ޤައިދީން ވައްދައި ނެރެންޖެހޭއިރު، އެކަމުގައި ބައިވެރިވަނީ އެންމެ އޮފިސަރެއް ނުވަތަ ދެ އޮފުސަރުން ކަން އެނގިފައިވެއެވެ.

ޖަލުގެ ކަންކަން ގޯސްވެ ޑިއުޓީ އޮފިސަރުން އަމިއްލައަށްވެސް މާފުށީ ޖަލު އެލާޓަށް ގެނެސްދިނުމަށް ޖަލުގެ ވެރިންގެ އަރިހުން އެދިފައިވާ ކަމަށާއި، ނަމަވެސް ވެރިން ހުއްދަ ނުދެއްވައިގެން ޖަލު އެލާޓް ނުކުރެވި، އީއެސްޖީއަށް ހަރަކާތްތެރި ނުވެވި، ޖަލު އޮފިސަރުން އެކަނިމައިއެކަނި އެހާލަތުގައި އެހާ ގިނަ ޤައިދީން ބައިތިއްބާފައިތިބޭ ޔުނިޓްތަކަށް ވަނުމަށް އޮފިސަރުންވެސް ފަސްޖެހޭކަން މަޢުލޫމާތު ހިއްޞާކުރި ބައެއް ފަރާތްތަކުން ބުންޏެވެ.

ޖަލު އޮފިސަރުން އިޚްތިޖާޖު ކުރަންފެށިއިރު، ރޭ މާފުށީ ޖަލުގެ ޔުނިޓް-2 ގައި ނުރައްކާތެރި ކުށްވެރިން ބަންދުކުރާ 11 ގޮޅިއެއްގެ ސެކިއުރިޓީ ކެމެރާތައް ވަނީ ހަލާކުކޮށްލައި، އޮފިސަރުން ޖަޔަށް މިރުސް ފެންޖަހާފައެވެ.

މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތި ދުވަހު ޖަލު އޮފިސަރަކަށް ދަގަނޑުބުރިއަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާއިރު، އެ މައްސަލަ ހައްލުކުރުމަށް ހަރަކާތްތެރިވި އީއެސްޖީގެ ޓީމުން ޚާލަތާ ނުބައްދަލު ބާރު ބޭނުންކުރިކަމަށް ހޯމް މިނިސްޓްރީން ބުނެފައިވާއިރު، އީއެސްޖީ ކޮމާންޑަރ ވަނީ ސަސްޕެންޑްކޮށްފައެވެ.

އަޕްޑޭޓް: 07:00 ގެ ޑިއުޓީއާ ހަވާލުވާން އިންކާރުކުރި ކްރެކްޝަންސްގެ އޮފިސަރުން 09:00 ހާއިރު ޑިއުޓީތަކާ ހަވާލުވެފައިވާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އޮފިސަރުން ޑިއުޓީތަކާ ހަވާލުވެފައިވަނީ ޑިރެކްޓަރ އޮފް ޕްރިޒަންސް އާ ބައްދަލުކުރެއްވުމަށްފަހު ކަމަށްވެސް އެނގިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
5

ހިޔާލު

  1. Maa bodah engey

    Sarukaarun bandhu Gai thibey meehunnah hiyvvaru dhen yaa dhen rangalheh nuvaane. Dhen emeehun control in netteema jaluves falhaane adhi. Siyaasee party thakun bunefaane ehchekaa dheytherey Sarukaarun birugannany. Jalugai thibey meehun control kurumuge badhalu Gai jalu balahattan thibey meehun dhahkollany, Eyrun emeehunnah kihaa hiyvvareh e libunee

  2. Dhanna nudhanna

    HRCM Akee vaki baehge haggu rahkaatheri kuraa baeh tha

  3. Kusheh

    އެއް ގައިދީނަމަ ޖަލުގޮޅީގައި ބަހައްޓާފައި ހުންނާނީ (އެބަ ހުއްޓެވެ) އެއް ގައިދީއަށްވުރެ ގިނަ ވުމުން ޖަލުގޮޅީގައި ބައިތިއްބާފައި ތިބޭނީ (އެބަ ތިއްބެވެ)

    8
    2
    • Nashan

      Keekey kiyan thiulhenee

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް