ފޯޖަރީގެ މައްސަލައެއްގައި ފުލުހުން ސްޓެޕް އައްޔަ ހޯދަނީ

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާ ފޯޖަރީގެ މައްސަލައެއްގެ ތަހުގީގަށް ފިލްމީ ތަރި، އަލި ޝާހިދު (ސްޓެޕް އައްޔަ) ހޯދަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ، ސްޓެޕް އައްޔަ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށެވެ. އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ ގަވާއިދުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އިއުލާންކޮށްފައެވެ.

ފޮޓޯ: ފުލުހުން

އޭނާ ހާޒިރު ވުމަށް ފުލުހުން އަންގައިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގެ 11:30 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށެވެ.

ސިވިލް ކޯޓުގައި އޮތް މައްސަލައަކާއި ގުޅިގެން ފުލުހުން ވަނީ މިދިޔަ އަހަރުވެސް ސްޓެޕް އައްޔަ ހޯދަން އިއުލާންކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ