ރިޒް ކާލްޓަން ކައިރީ އޮތް ޔޮޓުގެ އަލިފާން ރޯވެފައި: ފޮޓޯ/އެމްއެންޑީއެފް

ރިސޯޓެއް ކައިރީ އޮތް ޔޮޓެއްގައި އަލިފާން ރޯވެއްޖެ

ރިސޯޓެއް ކައިރީ އޮތް ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން މިއަދު ވިދާޅުވީ، އަލިފާން ރޯވެފައި ވަނީ ރިޒްކާލްޓަން ފަރި ރިސޯޓް ކައިިރީގައި އަޅާފައި އޮތް ޔޮޓެއްގައި ކަމަށެވެ. އަދި މި ހާދިސާ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 7:37 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވި އެވެ.

އަލިފާން ރޯވިއިރު ޔޮޓުގައި ފަތުރުވެރިންނާއި، ކްރޫއިން ތިއްބިއިރު، އެމީހުން ޔޮޓުން ބާލައި، އެހެން ލޯޗަކަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދިނެވެ.

މި ހާދިސާ އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ލިބިފައެއްނުވެ އެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނޫނެވެ.

އަލިފާން ރޯވި ޔޮޓުން ވަރަށް ބޮޑަށް ވަނީ ދުންގަނޑު އަރައިފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ