ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް - ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވަޒީރުންނަށް ރުހުންދިނުމަކީ ހަމަ މިހާރު ކުރަންޖެހޭ ކަމެއް: ޤާސިމް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ކެބިނެޓްގެ މިނިސްޓަރުންނަށް ވީހާވެސް އަވަހަކަށް ރުހުން ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ގޮވާލައްވައިފިއެވެ.

ޤާސިމް މިކަމަށް ގޮވާލެއްވީ ރައީސް އާއި ނައިބު ރައީސް ފަސޭހައިން މަގާމުން ދުރުކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް އެމްޑީޕީ އަދި ޑިމޮކްރެޓްސްއިން ގެންނަން ހުށަހެޅި އިސްލާހަށް މިއަދު ބަހުސްކުރައްވަމުން މަޖިލީހުގެ ތަޅުމުގައެވެ.

ރައްޔިތުންގެ ވޯޓަކުން ރައީސުލްޖުމްހޫރިއްޔާ އަދި ނައިބު ރައީސް އިންތިޚާބުކޮށް، އެ ރައީސްގެ ކެބިނެޓަށް ރުހުން ނުދެވިގެން އުޅޭކަން ފާހަގަކުރައްވައި ޤާސިމް އިބްރާހީމް ގޮވާލެއްވީ ވަޒީރުންނަށް ރުހުންދިނުން އަވަސް ކުރެއްވުމަށެވެ.

"އަޅުގަނޑު ދަންނަވާނީ ހަމަ މިހާރު، މަޖިލީހުން ކުރަންޖެހޭ ކަމެކޭ ވަޒީރުންނަށް ރުހުން ދިނުމަކީ. ވަޒީރުންނަށް ރުހުން ދޭން ބަލާއިރު މީގައި އަޅުގަނޑު ޤަބޫލުކުރާހިތްވާ ގޮތުގައި ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވެޔޭ މިނިސްޓަރެއްގެ ގައިގައި ހުންނަންޖެހޭ ޝަރުތުތައް." ވަޒީރުންނަށް ރުހުންދިނުން އަވަސްކުރުމަށް ގޮވާލައްވައި ޤާސިމް މިއަދު މަޖިލީހުގައި ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، ޤާނޫނުގައި ބަޔާންކުރާ ޝަރުތު ހަމަވާނަމަ، ވަޒީރުންގެ މަޖިލީހުގެ ހުރިހާ ވަޒީރުންނަށްވެސް ރުހުން ދޭންޖެހޭނެ ކަމަށާއި، ރުހުން ދިނުމަށްފަހު ވަޒީރަކު ގޯސް ހަދާނަމަ، އެ ވަޒީރަކާ ސުވާލުކޮށް، ޒިންމާދާރު ކުރުވައި، އިތުބާރުނެތްކަމުގެ ވޯޓްވެސް ނެގިދާނެ ކަމަށެވެ.

ޤާސިމް އިބްރާހީމް ވަނީ ރައީސް އާއި ނައިބު ރައީސް ފަސޭހައިން މަޤާމުން ދުރުކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމަށް އެމްޑީޕީ އަދި ޑިމޮކްރެޓްސް އިން މަސައްކަތް ކުރާތީ އެކަމަށްވެސް ފާޑުވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ