ކަނޑަށް ގެއްލުނު ސ. މަރަދޫ 18 އަހަރުގެ ނައީޝް: ފޮޓޯ/އެމްއެންޑީއެފް

ގެއްލުނު ނައީޝް ހޯދަން ކަނޑުގެ ބޮޑު ސަރަހައްދެއް ބަލައިފި

ސ. ގަމުގެ ދެކުނު ފަރާތު މޫދަށް، އިހި ނަގަން ގޮސްއުޅެނިކޮށް ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތުގެ ތެރެއިން ކަނޑުގެ ބޮޑު ސަރަހައްދެއް ބަލައިފިއެވެ.

ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން ފޭބި ތިން މީހުންގެ ތެރެއިން ގެއްލިފައިވަނީ އުމުރުން 18 އަހަރުގެ ސ.މަރަދޫ ކުރެދުމާގޭ، މުޙައްމަދު ނައީޝްއެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ 22:10 ހާއިރުއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ނައީޝް ހޯދުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަންގައި ކަނޑުގެމަގުންނާއި ވައިގެ މަގުން އަދި ޑައިވްކޮށްގެން ވަނީ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އެގޮތުން ވައިގެމަގުން 23.46 ސްކޮޔަރ ނޯޓިކަލް މޭލު، ކަނޑުމަގުން 490 ސްކޮޔަރ ނޯޓިކަލް މޭލު އަދި ޑައިވްކޮށްގެން 1 ސްކޮޔަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

ނައީޝް ގެއްލުނު ސަރަހައްދު: ފޮޓޯ/އެމްއެންޑީއެފް

ނައީޝް ހޯދުމަށް ސިފައިން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުންނާއި ސ.މަރަދޫއަށް ނިސްބަތްވާ ތިން މަސް ދޯންޏަކުންވެސް އިއްޔެ ވަނީ ހަރަކާތްތެެރިވެފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ