މާފުށި/ ފޮޓޯ: މީސްމީޑިއާ

ކްރިސްމަސް ފާހަގަކޮށްފިނަމަ ފިޔަވަޅު އަޅާނަން: ފުލުހުން

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި، ޔަހޫދީން ފާހަގަކުރާ ދުވަހެއް ކަމުގައިވާ، ކްރިސްމަސް ދުވަސް ފާހަގަކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ކްރިސްމަސް ފާހަގަކުރުމުގެ ގޮތުން އެއްވެސް ހަރަކާތެއް ނުބޭއްވުމަށް އިލްތިމާސްކޮށްފަ އެވެ.

ފުލުހުން ނެރުނު ބަޔާނުގައި ވިދާޅުވީ، އައު އަހަރާ ގުޅިގެން ކްރިސްމަސް ދުވަސް ފާހަގަކުރުމަށްޓަކައި އެއްވެސް ހަރަކާތެއް މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ކުރިއަށް ގެންދިޔުމަކީ ރާއްޖޭގެ ޤާނޫނާއި ޤަވާއިދުން މަނާކަމެއް ކަމަށެވެ.

އެހެންކަމުން މި ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި އެއްވެސް ހަރަކާތެއް ނުހިންގުމަށް އިލްތިމާސްކުރާކަމަށާއި، އަދި މިފަދަ ހަރަކާތްތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކްރިސްމަސް ފާހަގަކުރާނަމަ ފިޔަވަޅު އަޅަން ފުލުހުން ނިންމާފައިވާއިރު، ރާއްޖޭގެ ރިސޯޓުތަކުގައި ކޮންމެ އަހަރުކުވެސް މިދުވަސް އަންނަނީ ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުންނެވެ. އަދި ގެސްޓް ހައުސް ވިޔަފާރި ހިންގާ ބައެއް ރަށްތަކުގައި މި ދުވަސް ފާހަގަކޮށްގެން މީގެ ކުރިން ފުލުހުން ވަނީ ފިޔަވަޅު އަޅައިފަ އެވެ.

އައު އަހަރާ ދިމާކޮށް ރާއްޖޭގެ ރިސޯޓު ތަކަށާއި، އަދި ގެސްޓް ހައުސް ވިޔަފާރި ހިންގާ ރަށްތަކަށް ބޭރުގެ އެތައް ފަތުރުވެރިންނެއް ޒިޔާރަތްކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ