ސިނަމާލެ ބްރިޖް/ ފޮޓޯ: ފަޔާޒް މޫސަ/ސަން

ބްރިޖުގެ މާލެ އިން ހުޅުމާލެއަށް ދާފަޅި މިރޭ ދެގަޑިއިރަށް ބަންދުކުރަނީ

ސިނަމާލެ ބްރިޖުގެ މާލެ އިން ހުޅުމާލެއަށް ދާ ލޭން މިރޭ ދެގަޑިއިރަށް ބަންދުވާނެކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ، މިރޭ 1:00 އިން ފެށިގެން ދެ ގަޑިރިއަށް ބްރިޖުގެ މާލެ އިން ހުޅުމާލެއަށް ދާ ފަޅި ބަންދުކުރަނީ ބްރިޖުގެ މަސައްކަތެއް ކުރުމަށް ކަމަށެވެ.

އެވަގުތުގައި ބްރިޖުގެ ހުޅުމާލެ އިން މާލެއަށް އަންނަ ލޭން ދެކޮޅަށް ދުއްވާގޮތަށް ބަދަލުކުރެވޭނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އެހެންކަމުން އެ ވަގުތު ބްރިޖުން ދަތުރުކުރައްވާއިރު، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަކަށް އަމަލުކުރެއްވުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

ބްރިޖްގެ މެއިންޓެނެންސް މަސައްކަތްތައް މިގޮތަށް ބައެއް ފަހަރު ކުރިއަށް ގެންދާއިރު، މިރޭ ބްރިޖްގެ ލޭނެއް ބަންދުކޮށްގެން ކުރަނީ ކޮން މަސައްކަތަކެއް ކަމެއް ފުލުހުން ހާމައެއްނުކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ